ގަވާއިދު ކޮމިޓީ
23 ޖޫން 2026 10:00 ނަންބަރު M20/M/GV/2026/05
މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ ތަފާސްހިސާބު ބެލުމަށާއި، ގަވާއިދު އެކުލަވާން ޤާނޫނުގައި ދީފައިވާ މުއްދަތް ހަމަވެފައިވާ ގަވާއިދުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ކޮމިޓީން ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައިގެ މަޢުލޫމާތު ހޯދައި، ތަފާސްހިސާބުތައް ތައްޔާރުކުރުމަށް އިދާރީ މޭޒާ ޙަވާލުކުރެއްވިއެވެ.
އެއަށްފަހު، ޤާނޫނު ނަންބަރު 2022/2 (އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިހާރު އެ ގަވާއިދު އެކުލަވާލެވިފައިވަނީ އިނގިރޭސި ބަހުންކަމަށްވާތީ، ޓެކްނިކަލް ބޭފުޅުންނާ ގުޅިގެން އެ ޑްރާފްޓް ދިވެހި ބަހުން އެކުލަވާލައި، ވަރަށް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވާތީ، އެ މަސައްކަތް ނިންމޭނެކަމަށް ލަފާކުރައްވާ ތާރީޚެއް އެ މިނިސްޓްރީން ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.
ދެން ކުރިއަށްގެންދެވީ ބޭންކްތަކާއި، އިންޝުއަރަންސް ކުންފުނިތައް އަދި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަރނަސް ގަވާއިދަށް ގެނެސްފައިވާ ދެވަނަ އިޞްލާޙާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންބޮޑުވުންތައް ބަޔާންކޮށް މޯލްޑިވްސް ފައިނޭންޝަލް އެސޯސިއޭޝަން އިން ފޮނުވާފައިވާ ސިޓީއެވެ. އެގޮތުން އެ ސިޓީއާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދެއްވާފައިވާ މަޢުލޫމާތު އެ ފަރާތާ ހިއްސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ރަސްމީ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިނުގަންނަވާ
29 އޭޕްރީލު 2026
ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ ތަފާސްހިސާބު ބެލުމަށާއި، ގަވާއިދުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ކޮމިޓީން ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުވާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
16 ޑިސެމްބަރު 2024
ޤާނޫނު ނަންބަރު 2/2022 (އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާފައިވޭތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލަ
ކުރިޔަށް ދަނީ
20 އޯގަސްޓު 2024
އިންޝުއަރެންސް ކުންފުނިތައް އަދި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަރނަންސް ގަވާއިދަށް ގެނެސްފައިވާ ދެވަނަ އިޞްލާޙާ ގުޅޭގޮތުން މޯލްޑިވްސް ފައިނޭޝަލް ސަރވިސް އެސޯސިއޭޝަންއިން ފޮނުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA