ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2026 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

23 ޖޫން 2026 13:30 ނަންބަރު M20/M/SOE/2026/05

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވައި ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ.ފައިޒާ، އަލްފާޟިލް މުޙައްމަދު ނިޒާރުގެ ކިބައިގައި، އެ ޤާނޫނުގެ 5 މާއްދާ އަދި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވުނު 3 މުވައްޒަފުންގެ ޕެނަލުގެ ނިންމުން އިޢުލާންކުރެއްވުމުން އެ ބޭފުޅާއާ އިންޓަވިއުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީން ނިންމެވުމާ ގުޅިގެން، އެ ފަރާތާ އިންޓަރވިއުކުރެއްވިއެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ސުވާލުކުރުމުގެ މަރުޙަލާ ނިމުމުން، އެ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން، އެފަރާތަށް އެވްރެޖްކޮށް %82.17 (އަށްޑިހަ ދޭއް ޕޮއިންޓް އެކެއް ހަތެއް އިންސައްތަ) މާކްސް ލިބިފައިވާތީ، އެ މިންގަނޑުގައި ބަޔާންކޮށްފައިވާ އެވްރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) އިން ފެށިގެން މަތިން މާކްސް އެފަރާތަށް ލިބިފައިވެއެވެ. 


އެގޮތުން، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަޤާމަށް ޢައްޔަންކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ އަލްފާޟިލް މުޙައްމަދު ނިޒާރު، މ.ފައިޒާ، އާ ކޮމިޓީން އިންޓަރވިއުކުރުމަށްފަހު، ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން، އެފަރާތަށް އެވްރެޖް %75 އިން ފެށިގެން މަތީ މާކްސް ލިބިފައިވާތީ، އެ ފަރާތަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޤާބިލު ފަރާތެއްކަމުގައި ކޮމިޓީން ކަނޑައަޅައި، އެފަރާތަށް ރުހުންދިނުމަށް ކޮމިޓީއަށް ފެންނަކަމަށް ނިންމުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވައި، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ތާއިދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.


މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.



ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ސަމީރު

ތޮއްޑޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިނުގަންނަވާ

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ވަޑައިނުގަންނަވާ

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ރަސްމީ

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިނުގަންނަވާ

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ފެންނަކަމަށް

ޙުސައިން ސަމީރު

ތޮއްޑޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ހާޒިރުވެނެތް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 ޖޫން 2026

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ޢައްޔަންކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމާގުޅޭ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    07
  • ވަޑައިނުގަންނަވާ
    03
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA