އިޤްތިޞާދީ ކޮމިޓީ
6 ޖުލައި 2026 11:15 ނަންބަރު M20/M/IQ/2026/8
މިއަދުގެ ބައްދަލުވުމުގައި ގެންދިޔައީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްތައް ދިރާސާކޮށް ނިންމުމަށްޓަކައި، ފޮނުއްވާފައިވާ މައްސަލައިގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމާއި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއްވާނަމަ ޝަކުވާ ހުށަހެޅުމަށް އިޢުލާނުކުރާނެ މުއްދަތު ކަނޑައެޅުމާއި، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކުރާނެ ދުވަހެއް ކަނޑައެޅުމާމެދު މަޝްވަރާކުރުމުގެ މަސައްކަތެވެ. އެގޮތުން، މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި މައްސަލައިގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 14 ޖުލައި 2026 ކަމުގައި ކަނޑައެޅުމަށާއި، ޢާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ޢާންމުކޮށް އިޢުލާންކުރުމަށް 12 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ނިޔަލަށް ހުޅުވާލުމަށާއި، އަދި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާ 13 ޖުލައި 2026 ގައި އިންޓަރވިއުކުރުމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވައި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަޙްމަދު ޟަމީރު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓުދިނުމަށް ހުޅުވާލުމުން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރިއެވެ.
މި ހުށަހެޅުމަށް މެންބަރުން ވޯޓުދިން ގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ސަލާމް
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ރަސްމީ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
6 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA