ގަވާއިދު ކޮމިޓީ

ގަވާއިދު ކޮމިޓީގެ 2026 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

14 ޖުލައި 2026 10:30 ނަންބަރު M20/M/GV/2026/06

ޚުލާސާ


މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އޭގެ އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ މައްސަލައިން ފާހަގަކުރެވިފައިވާ މައިގަނޑު ކަންތައްތަކާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކަމާގުޅޭ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ގެނެވިދާނެ ބަދަލުތަކެއް ހުރިތޯ ބަލައި ދިރާސާކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މި މައްސަލައާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރެއްވުމަށް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވައި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ.

(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ).


އެއަށްފަހު، އެޖެންޑާގެ، އެހެނިހެންގެ ތެރެއިން މިހާރު ކޮމިޓީގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ކުއްޖާގެ ޚަރަދަށާއި ކުއްޖާގެ ބެލުމުގެ ޚަރަދުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ޢަދަދުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޮމިޓީން އެންމެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް ޙިއްޞާކުރެވުނު މައުލޫމާތުގެ އަލީގައި އެ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ ކޮމިޓީއާ ޙިއްސާކުރެވުނު ފަހުން އަދިވެސް އެ ގަވާއިދު ގެޒެޓްކޮށްފައިނުވާތީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އެ ގަވާއިދުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް ނިންމެވިއެވެ.

ދެން ކޮމިޓީގައި މަޝްވަރާކުރައްވާފައިވަނީ، 14 އޮކްޓޫބަރު 2024 ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު 103-އާރު/2024 "މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގަވާއިދު" އާ ގުޅޭގޮތުން ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާތީ، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން ކޮމިޓީން އެންމެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް ޙިއްޞާކުރެވުނު މައުލޫމާތުގެ އަލީގައި އެ ގަވާއިދު އިޞްލާޙުކުރެއްވުމަށްފަހު ގެޒެޓްގައި ޝާޢިޢުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވިފައިވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މަޢުލޫމާތު ދެއްވާފައިވީނަމަވެސް، މިއަދާ ހަމައަށް އެ ގަވާއިދު ގެޒެޓްކުރެވިފައިނުވާތީ، އެ އޮތޯރިޓީން އެ ގަވާއިދުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް ނިންމެވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ސަލާމް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިނުގަންނަވާ

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ވަޑައިނުގަންނަވާ

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ހާޒިރުވެނެތް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ފެންނަކަމަށް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ފެންނަކަމަށް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 ޖެނުއަރީ 2026

ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އޭގެ އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

5 ޑިސެމްބަރު 2024

ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

4 ނޮވެމްބަރު 2024

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ގެޒެޓްކޮށްފައިވާ "މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގަވާއިދު" އާ ގުޅޭގޮތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

4 ނޮވެމްބަރު 2024

އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނު (1/2024) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއިން ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    07
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA