ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2026 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން.

14 ޖުލައި 2026 11:30 ނަންބަރު M20/M/KG/2026/16

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ކުރިއަށް ގެންދެވީ، ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ސ.ހުޅުދޫ/ ގޯރަންވިލާ، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާއި، އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މ.ވެސްޓްސައިޑް އަޙްމަދު ސަރީރު ކިންގްޑަމް އޮފް ބަޙްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ.


އެގޮތުން، ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ސ.ހުޅުދޫ/ ގޯރަންވިލާ، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އިތުރަށް ދިރާސާކުރަންޖެހޭ ކަންކަން ހުރުމުން ދެން އަންނަ ބައްދަލުވުމެއްގައި މި މައްސަލައާމެދު ގޮތެއް ނިންމެވުމަށް ނިންމެވިއެވެ.


އެއަށްފަހު، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް ޢަބްދުލްޢަޒީޒް ތާއީދުކުރެއްވީ، އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މ.ވެސްޓްސައިޑް އަޙްމަދު ސަރީރު ކިންގްޑަމް އޮފް ބަޙްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ސުންގަޑިއެއްގެ ގޮތުގައި 20 ޖުލައި 2026 ކަމުގައި ހަމަޖެއްސެވުމަށެވެ. އަދި އެ ފަރާތަކީ މިހާރުވެސް ސަފީރުކަމުގައި ހުންނެވި ފަރާތެއްކަމުން، ކުށުގެ ރިކޯޑު ސާފުކުރެއްވުމާއި އަދި އިންޓަވިއުކުރެއްވުމަކާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމަށްވެސް ފެނިވަޑައިގަންނަވާ ކަމަށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ. 


ބައްދަލުވުމުގެ ހާޒިރީ

އިބްރާހީމް މުޙައްމަދު

މައްޗަންގޮޅި އުތުރު ދާއިރާ

ވަޑައިނުގަންނަވާ

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ވަޑައިނުގަންނަވާ

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ވަޑައިނުގަންނަވާ

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ވަޑައިގެންނެވި

އަޙްމަދުދީދީ

މަރަދޫ ދާއިރާ

ސަލާމް

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

ޢާޒިމް ޢަބްދުލްޢަޒީޒް

ވިލިނގިލި ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ކޮމިޓީގެ ރިޔާސަތު

އިބްރާހީމް މުޙައްމަދު

މައްޗަންގޮޅި އުތުރު ދާއިރާ

ހާޒިރުވެނެތް

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ހާޒިރުވެނެތް

އަޙްމަދުދީދީ

މަރަދޫ ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ފެންނަކަމަށް

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ފެންނަކަމަށް

ޢާޒިމް ޢަބްދުލްޢަޒީޒް

ވިލިނގިލި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ޖުލައި 2026

ކިންގްޑަމް އޮފް ބަޙްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

7 ޖުލައި 2026

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    07
  • ވަޑައިނުގަންނަވާ
    03
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA