ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2026 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

29 ޖުލައި 2026 12:10 ނަންބަރު M20/M/JD/2026/08

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) 33 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ބައެއް ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތެވެ. ޙަވާލާދީފައިވާ މާއްދާގެ ދަށުން އެ ކޮމިޝަނުން ފޮނުއްވާ ރިޕޯޓުތައް ދިރާސާކުރުމުގައި ކޮމިޓީގެ މަސްއޫލިއްޔަތަކީ، މައްސަލަތައް ތަޙްޤީޤުކުރެއްވުމުގައި ފުރިހަމަކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުމެވެ. އެގޮތުން، ކޮމިޓީން ތިރީގައިވާ ރިޕޯޓުތައް ދިރާސާކުރައްވާފައިވެއެވެ.

  1. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު 18/2023 މައްސަލަ ތަޙްޤީޤުކުރުމަށްފަހު އެ ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން އެކުލަވާލާފައިވާ ނަންބަރު D-TC203/TF10/2024/1 ތަޙްޤީޤު ކޮމިޓީގެ ނިންމުން؛
  2. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC/2025/6/7 މައްސަލަ ތަޙްޤީޤުކުރުމަށްފަހު އެ ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން އެކުލަވާލާފައިވާ ނަންބަރު D-TC255/CN/2026/01 ތަޙްޤީޤު ކޮމިޓީގެ ނިންމުން؛
  3. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC/2023/12/21 މައްސަލަ ތަޙްޤީޤުކުރުމަށްފަހު އެ ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން އެކުލަވާލާފައިވާ ނަންބަރު D-TC214/CN/2025/9 ތަޙްޤީޤު ކޮމިޓީގެ ނިންމުން؛
  4. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC/2025/10/11 މައްސަލަ ތަޙްޤީޤުކުރުމަށްފަހު އެ ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން އެކުލަވާލާފައިވާ ނަންބަރު D-TC273/CN/2026/8 ތަޙްޤީޤު ކޮމިޓީގެ ނިންމުން؛
  5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC/2025/10/13 މައްސަލަ ތަޙްޤީޤުކުރުމަށްފަހު އެ ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން އެކުލަވާލާފައިވާ ނަންބަރު D-TC268/CN/2026/9 ތަޙްޤީޤު ކޮމިޓީގެ ނިންމުން.

އަދި އެ ރިޕޯޓުތަކުގެ ތެރެއިން ނަންބަރު D-TC203/TF10/2024/1 ރިޕޯޓުގައިވާ މައްސަލަ ތަޙްޤީޤުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ރިޕޯޓެއް ކަމަށްވާތީއާއި، އެ ކޮމިޝަނުގެ ނަންބަރު D-TC255/CN/2026/01 ރިޕޯޓާއި، ނަންބަރު D-TC214/CN/2025/9 ރިޕޯޓާއި، ނަންބަރު D-TC273/CN/2026/8 ރިޕޯޓާއި، ނަންބަރު D-TC268/CN/2026/9 ރިޕޯޓުގައިވާ މައްސަލަތަކަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން ނިންމަވާފައިވާ ގޮތަށް، އެ ކޮމިޝަނުން އިތުރަށް ތަޙްޤީޤު ކުރިއަށް ގެންދަން ނުފެންނަ ރިޕޯޓުތަކެއްކަމަށް ނިންމަވާފައިވާތީ، މި ރިޕޯޓުތައް ފައިލްކުރެއްވުމާމެދު ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި ރިޕޯޓުތައް ފައިލްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވުމުން، އެ ހުށަހެޅުއްވުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ތާޢީދުކުރައްވާފައިވެއެވެ. އެގޮތުން، މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ރިޕޯޓުތައް ފައިލްކުރެއްވުމަށް ނިންމަވާފައިވެއެވެ.

 

މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގައި ނުނިމިހުރި ބިލުތަކުގެ ސުންގަޑި ހަމަވެފައިވާތީ، އެ ބިލުތަކުގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެގޮތުން ސުންގަޑިއެއްގެ ގޮތުގައި ކޮމިޓީގެ އިއްތިފާޤުން ނިންމަވާފައިވަނީ 15 އޮކްޓޫބަރު 2026 އެވެ. މިގޮތަށް ހުށަހަޅުއްވާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ތާއިދުކުރައްވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ.

ސުންގަޑި އިތުރު ކުރެއްވުމަށް ކޮމިޓީން ނިންމަވާފައިވާ ބިލުތަކަކީ،

  1. ސަރުކާރުގެ ފަރާތުން މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު
  2. ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
  3. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު
  4. ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
  5. ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު)

 

މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.

ބައްދަލުވުމުގެ ހާޒިރީ

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ރަސްމީ

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ސަލާމް

ޙަސަން މުފީދު ޢަބްދުލްޤާދިރު

މިލަންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ވަޑައިގެންނެވި

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ހާޒިރުވެނެތް

ޙަސަން މުފީދު ޢަބްދުލްޤާދިރު

މިލަންދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ހާޒިރުވެނެތް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ހާޒިރުވެނެތް

ޙަސަން މުފީދު ޢަބްދުލްޤާދިރު

މިލަންދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ހާޒިރުވެނެތް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

22 ޖުލައި 2026

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު D-TC273/CN/2026/8 ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

22 ޖުލައި 2026

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު D-TC268/CN/2026/9 ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

29 އޭޕްރީލު 2026

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު D-TC214/CN/2025/9 ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

28 އޭޕްރީލު 2026

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު D-TC255/CN/2026/01 ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

5 ޖެނުއަރީ 2026

ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

10 ނޮވެމްބަރު 2025

ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

5 އޯގަސްޓު 2025

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

25 ފެބްރުއަރީ 2025

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

13 ނޮވެމްބަރު 2024

ސަރުކާރުގެ ފަރާތުން، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

29 މޭ 2024

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު D-TC203/TF10/2024/1 ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA