ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ
3 އޯގަސްޓު 2026 22:30 ނަންބަރު M20/M/GT/2026/7
މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމެވެ.
ފުރަތަމަކަމަށް ކުރިއަށް ގެންދެވީ، މާލެއިން ފެށިގެން ހުޅުމާލެއާ ހަމައަށް ސިނަމާލެ ބްރިޖާއި "މިދިލިމަގު"ސިނަމާލެ ބުރިޖު، (މާލެއިން ފެށީގެން ހުޅުމާލެ އާއި ހަމައަށް) މިދިލިމަގު ގެ ބެލެނިވެރިކަން ހިމެނޭގޮތަށް ބެލެހެއްޓުމުގައި، ޒިންމާވާނޭ ފަރާތްތަކެއް ނެތުމުގެ ސަބަބުން، އެސަރަހައްދުގެ މަރާމާތުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގައި ދަތިތަކެއްކަމެއް ދިމާވަމުންދާކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާކަމަށް ބަޔާންކުރައްވައި އެކަން ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ.
މި މައްސަލައާއި ގުޅިގެން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހަޅުއްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ތާއީދުކުރެއްވީ އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓަށް ސިޓީ ފޮނުވުމަށެވެ.
އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
އެއަށްފަހު މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، އާންމު ފަރާތްތަކުގެ އުޅަނދުތައް ޓޯކޮށް ޖޫރިމަނާކުރަމުންދިއުމުގެ ސަބަބުން އާންމުންނަށް ދަތިތައް ކުރިމަތިވަމުންދާތީ އެ މައްސަލައަށް ހައްލެއް ހޯދެވޭނެގޮތެއް ބައްލަވައިދެއްވުން އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ.
މި މައްސަލައާއި ގުޅިގެން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވައި ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް، ތާއީދުކުރެއްވީ އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓަށް ސިޓީ ފޮނުވުމަށެވެ.
އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
3 އޯގަސްޓު 2026
މާލެއިން ފެށިގެން ހުޅުމާލެއާ ހަމައަށް ސިނަމާލެ ބްރިޖާއި "މިދިލިމަގު" ގެ ބެލެނިވެރިކަން ހިމެނޭގޮތަށް ބެލެހެއްޓުމުގައި، ޒިންމާވާނޭ ފަރާތްތަކެއް ނެތުމުގެ ސަބަބުން، ހުށަހަޅުއްވާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
3 އޯގަސްޓު 2026
އާންމު ފަރާތްތަކުގެ އުޅަނދުތައް ޓޯކޮށް ޖޫރިމަނާކުރަމުންދިއުމުގެ ސަބަބުން އާންމުންނަށް ދަތިތައް ކުރިމަތިވަމުންދާތީ ހުށަހަޅުއްވާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA