އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ
10 އޯގަސްޓު 2026 10:33 ނަންބަރު M20/M/ICT/2026/10
މިއަދުގެ ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ، ކޮމިޓީއަށް ލިބިފައިވާ ބިލުތައް ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ސައިބަރ ސެކިއުރިޓީގެ ބިލުގެ 31 މާއްދާއިން ފެށިގެން ބިލުގެ 53 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.
އެއަށްފަހު ކޮމިޓީގައި މިހާރު ހުރި 4 ބިލަށް ހުށަހެޅިފައިވާ ކޮމެންޓްތައް އެޓަރނީ ޖެނެރަލްގެ އޮފީހާ ޙިއްސާކޮށް އެ ބިލުތަކުގައި ހިމެނުމަށް އެ އޮފީހަށް ފެންނަ އިޞްލާޙުތަކާއެކު މި ބިލުތައް ކޮމިޓީއަށް ފޮނުވައި ދެއްވުމަށް އެޓަރނީ ޖެނެރަލް އޮފީހަށް ސިޓީ ފޮނުވުމަށާއި ބިލުގައި މިހާރު ބޭނުންކޮށްފައިވާ އިނގިރޭސި ބަސްތަކުގެ ބަދަލުގައި ދިވެހި ބަހުން ބޭނުންކުރެވޭ ބަސްތައް ހިމެނުމަށާއި އަދި އެ ބަސްތައް ހިމެނުމުގައި އެހެން ގޮތަކަށް ފުށުއަރާ އިތުރު މާނައެއް ދޭހަވާކަމުގައި ނުވަތަ ކޮންމެހެން އިނގިރޭސި ބަހެއް ލިޔާކަމުގައި ވާނަމަ ބްރެކެޓެއްގެ ތެރޭގައި އެކަން ފާހަގަކޮށް މުޅި ބިލު އެގޮތަށް އިސްލާޙުކުރުމާގުޅޭގޮތުން އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާ ހޯދުމަށްވެސް ނިންމެވިއެވެ.
އެއަށް ފަހު، ދިވެހިރާއްޖޭގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް މުހިންމު ބަދަލުތަކަކާއި ކުރިއެރުންތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، މި ދާއިރާ އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ބިލުތަކެއް ކޮމިޓީން މިހާރު ދިރާސާކުރަމުންދާތީ އާއި، ދިވެހިރާއްޖޭގެ އައި.ސީ.ޓީ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނަން ފަށާފައިވާ މި ދުވަސްވަރުގައި، ބިލުތައް އެންމެ ފުރިހަމަ ގޮތުގައި ދިރާސާކޮށް ޤާނޫނީ އޮނިގަނޑު ފަރުމާކުރުމަށްޓަކައި، ދާއިރާއަށް އަންނަމުންދާ ހަލުވި ކުރިއެރުންތަކާއި ޒަމާނީ ޓެކްނޮލޮޖީއަށް ކޮމިޓީގެ މެންބަރުން އަހުލުވެރިވެ ތިބުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ކޮމިޓީން ދެކޭތީ، މި ދާއިރާއިން ކޮމިޓީގެ މެންބަރުންނަށް ތަމްރީނު ޕްރޮގްރާމެއް ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު ހަމަޖައްސަވައި ދެއްވުން އެދި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ހުށަހަޅުއްވާފައިވާ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ތާޢީދުކުރެއްވިއެވެ. އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.
ޙުސައިން ޝަރީފު
ހުޅުމާލެ އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިގެންނެވި
އާދަމް ޝަފީޤު
މަކުނުދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އަލިފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޒާހިރު
މަޑުއްވަރި ދާއިރާ
ސަލާމް
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
ވަޑައިގެންނެވި
އަޙްމަދުދީދީ
މަރަދޫ ދާއިރާ
ވަޑައިގެންނެވި
14 ޖުލައި 2026
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު
ކުރިޔަށް ދަނީ
14 ޖުލައި 2026
ޑިޖިޓަލް އައިޑެންޓިޓީގެ ބިލު
ކުރިޔަށް ދަނީ
22 ޖޫން 2026
ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު
ކުރިޔަށް ދަނީ
15 ޖޫން 2026
ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙް ހުށަހަޅުއްވާފައިވާ ސައިބަރ ސެކިއުރިޓީގެ ބިލު
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA