އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ
11 އޯގަސްޓު 2026 10:33 ނަންބަރު M20/M/ICT/2026/11
މިއަދުގެ ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ، ކޮމިޓީއަށް ލިބިފައިވާ ބިލުތައް ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ސައިބަރ ސެކިއުރިޓީގެ ބިލުގެ 54 ވަނަ މާއްދާއިން ފެށިގެން ބިލުގެ ނިޔަލަށް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.
އެއަށްފަހު ކޮމިޓީގައި މިހާރު ހުރި 4 ބިލަށް ހުށަހެޅިފައިވާ ކޮމެންޓްތައް އެޓަރނީ ޖެނެރަލްގެ އޮފީހާ ޙިއްސާކޮށް އެ ބިލުތަކުގައި ހިމެނުމަށް އެ އޮފީހަށް ފެންނަ އިޞްލާޙުތަކާއެކު މި ބިލުތައް ކޮމިޓީއަށް ފޮނުވައި ދެއްވުމަށް އެޓަރނީ ޖެނެރަލް އޮފީހަށް ސިޓީ ފޮނުވުމަށާއި ބިލުގައި މިހާރު ބޭނުންކޮށްފައިވާ އިނގިރޭސި ބަސްތަކުގެ ބަދަލުގައި ދިވެހި ބަހުން ބޭނުންކުރެވޭ ބަސްތައް ހިމެނުމަށާއި އަދި އެ ބަސްތައް ހިމެނުމުގައި އެހެން ގޮތަކަށް ފުށުއަރާ އިތުރު މާނައެއް ދޭހަވާކަމުގައި ނުވަތަ ކޮންމެހެން އިނގިރޭސި ބަހެއް ލިޔާކަމުގައި ވާނަމަ ބްރެކެޓެއްގެ ތެރޭގައި އެކަން ފާހަގަކޮށް މުޅި ބިލު އެގޮތަށް އިސްލާޙުކުރުމާގުޅޭގޮތުން އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާ ހޯދުމަށްވެސް ނިންމެވިއެވެ.
ޙުސައިން ޝަރީފު
ހުޅުމާލެ އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިގެންނެވި
އާދަމް ޝަފީޤު
މަކުނުދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އަލިފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޒާހިރު
މަޑުއްވަރި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
ވަޑައިގެންނެވި
އަޙްމަދުދީދީ
މަރަދޫ ދާއިރާ
ވަޑައިގެންނެވި
15 ޖޫން 2026
ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙް ހުށަހަޅުއްވާފައިވާ ސައިބަރ ސެކިއުރިޓީގެ ބިލު
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA