ޢާންމު ކޮމިޓީ
10 އޯގަސްޓު 2026 12:00 ނަންބަރު M20/M/AM/2026/11
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޯރުކޮށްދޭ ހެލްތް އިންޝުއަރެންސްއާ ގުޅޭގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދި މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. އެޖެންޑާގެ މިބައި ސިއްރުކުރުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، މިއަދުގެ ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްގެންދެވުމަށް ފެންނަކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ތާޢީދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ބައްދަލުވުން ސިއްރުކުރެވިގެން ދިޔައެވެ.
އެޖެންޑާގެ ދެވަނަ ނަންބަރު ކުރިއަށް ގެންދިޔުމަށްޓަކައި ކޮމިޓީ ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ކޮމިޓީން ނިންމެވިއެވެ. އެގޮތުން، ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް އަލިފުށި ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު ތާޢިދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
އެއަށްފަހު ކުރިއަށް ގެންދެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، އަލްފާޟިލް މުޙައްމަދު ސަޢީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުމަށް ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރުމެވެ. އެގޮތުން، މި މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވޭ 2 ގަޑިއިރުގެ ވަގުތުގައި ދިފާޢުގައި ވާހަކަ ދެއްކުމަށްޓަކައި 1 ގަޑިއިރުގެ ފުރުޞަތު ދިނުމަށާއި، އަދި ބާކީ އޮތް 1 ގަޑިއިރުގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މެންބަރުންނަށް ދެއްވުމަށް، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް އަލިފުށި ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު ތާއީދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އަލިފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ދުވާފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިނުގަންނަވާ
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ސަލާމް
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ރަސްމީ
22 އޮކްޓޯބަރު 2024
ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA