ގަވާއިދު ކޮމިޓީ
12 އޯގަސްޓު 2026 00:00 ނަންބަރު M20/M/GV/2026/07
މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ހިންގާ އޮންލައިން މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކުގެ ފެންވަރާމެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން އެ މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ގަވާއިދުތަކާއި އުސޫލުތައް މިހާރުވެސް އެކުލަވާލާފައިވާކަމަށާއި، ދުނިޔެއަށާއި ޓެކްނޯލޮޖީއަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް މުރާޖަޢާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ޙައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ދީފައިވާކަމަށާއި އެ އޮތޯރިޓީން އެކުލަވާލާފައިވާ އެންމެހައި ޕޮލިސީތައް ވަރަށް ރަނގަޅަށް ތަންފީޒުކުރައްވަމުން ގެންދަވާކަމަށް އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ.
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ރަސްމީ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
19 ޖެނުއަރީ 2026
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އޭގެ އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA