އިޖްތިމާޢީ ކޮމިޓީ
16 އޯގަސްޓު 2026 12:00 ނަންބަރު M20/M/IJ/2026/14
މި ބައްދަލުވުމުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ކުރިއަށްގެންދެވީ ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ޓަކައި ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތެވެ.
އެގޮތުން ދިވެހިންނާ ކައިވެނިކޮށްގެން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތަފާސްހިސާބުތައް ހޯދުމަށް ފެމިލީ ކޯޓަށާއި އެ ފަދަ ބިދޭސީންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން ފަރުވާ ހޯދާފައިވާ ފަރާތްތަކުގެ މިންވަރު ބެލުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަށާއި ރެސިޑެންޓް ވިސާ ދޫކޮށްފައިވާ ބިދޭސީންގެ އަދަދު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަންއަށް ސިޓީ ފޮނުވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުއްވުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ މައްސަލައަކާ ގުޅޭގޮތުންނެވެ. އެގޮތުން، އެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އާސަންދައިން އަމަލުކޮށްފައިވާ ގޮތުގެ ތަފްޞީލު ހޯދުމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ އަމިއްލަ ފަރާތަކުން ލޮލަށް ސްރޯކް ޖެހުމުން ބޭނުންވާ މުހިއްމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލުތަކުން ލިބެންނުހުންނަ ކަމަށް ބަޔާންކޮށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުންނެވެ. މި މައްސަލައާ ގުޅޭގޮތުން ކޮމިޓީން ނިންމަވާފައިވަނީ ކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ސިޓީއެއް ފޮނުވުމަށެވެ.
ހަތަރުވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ ދިވެހިރާއްޖެއިން ބޭސް ލިބުމުގައި ހުރި ދަތިތަކާ ބެހޭގޮތުން އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ މައްސަލައަކާ ގުޅޭ ގޮތުންނެވެ. މި މައްސަލައިގައި ކޮމީޓީން ނިންމެވީ މައްސަލައާ ގުޅޭ އިތުރު ތަފްޞީލު ހޯދުމަށް މައްސަލަ ހުށަހެޅި ފަރާތަށް އީމެއިލް ކުރުމަށެވެ.
ފަސްވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޑޮކްޓަރުންނާއި ނަރުހުން ހަޔަރ ކުރުމުގެ ޕްރޮސެސްގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުންދާކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުންނެވެ. މި މައްސަލައާ ގުޅޭ ގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވަނީ މި މައްސަލައަކީ އިޖްތިމާޢީ ކޮމިޓީގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މައްސަލައެއްކަމަށް ނުފެންނާތީ މި މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމީޓީއަށް ފޮނުވުމަށެވެ. މި ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.
އެންމެ ފަހުކަމަކަށް ކޮމީޓީން މަޝްވަރާކުރައްވާފައިވަނީ މައްސަލަ ހުށަހެޅުއްވި ފަރާތުގެ ދަރިފުޅުގެ ބަލިހާލަތު ހުރިގޮތުން ޙައްޖަށް އަވަހަށް ދެވޭނެގޮތް ހަމަޖައްސަވައިދެއްވުން އެދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއަށް ފޮނުއްވި ސިޓީއާ ގުޅިގެން އެ ކޯޕަރޭޝަނުން އެންމެ އެދެވޭ ޖަވާބެއް ދެއްވާފައިނުވާތީ، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ކޮޕީކޮށް މިނިސިޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުންނެވެ. މި މައްސަލައާ ގުޅޭގޮތުން ކޮމިޓީން ނިންމަވާފައިވަނީ މައްސަލައިގައި ކަންހިނގާފައިވާގޮތުގެ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ސިޓީއެއް ފޮނުވުމަށެވެ.
މި ބައްދަލުވުމުގައި ނެގި ވޯޓުތަކުގެ ތަފުޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިގެންނެވި
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭކަން ފާހަގަކޮށް، އެކަމާމެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު
ކުރިޔަށް ދަނީ
24 ޖޫން 2025
IJ/AM/14 އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
ކުރިޔަށް ދަނީ
12 މޭ 2025
IJ/AM/13 އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
ކުރިޔަށް ދަނީ
26 ފެބްރުއަރީ 2025
ހުޅުމާލެ ހޮސްޕިޓަލުން ކުރި އޮފަރޭޝަނެއްގެ ސަބަބުން އަތުގެ ނާރުތަކަށް ގެއްލުންވެފައިވާކަމަ ބަޔާންކޮށް އަމިއްލަ ފަރާތަކުން ފޮނުވާފައިވާ ސިޓީ
ކުރިޔަށް ދަނީ
26 ފެބްރުއަރީ 2025
IJ/AM/12 އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA