ލާމަރުކަޒީ ކޮމިޓީ
11 އޯގަސްޓު 2026 11:00 ނަންބަރު M20/M/LM/2026/10
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ... ވަނަ އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މި ބިލާމެދު އާންމުންގެ ޚިޔާލު ހޯދުމަށާއި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެކަމަށް ބެލެވޭތީ، ބިލު ނިންމާނެ ސުންގަޑިއަކީ 30 ސެޕްޓެންބަރު 2026 ދުވަސް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު ތާއީދު ކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ހުށަހެޅުން ފާސްނުވެއެވެ. ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވީ މި ބިލު ނިންމާނެ ސުންގަޑި އަކީ 16 އޮގަސްޓު 2026 ދުވަހުގެ 12:00 ކަމުގައާއި ބިލަށް ޢާންމުންގެ ޚިޔާލުހޯދުމަށް 13 އޮގަސްޓު 2026 ދުވަހުގެ 13:00 ނިޔަލަށް ހުޅުވާލުމަށެވެ. މި ހުށަހެޅުމަށް ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ވަހީދު ތާޢީދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.
އެއަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ކޮމިޓީން ދިސާރާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން، އެ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 16 އޮގަސްޓު 2026 ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލުމަށް ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ވަހީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ތާޢީދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
10 އޯގަސްޓު 2026
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
ކުރިޔަށް ދަނީ
10 އޯގަސްޓު 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން 2 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA