ޕެޓިޝަން ކޮމިޓީ
16 އޯގަސްޓު 2026 12:00 ނަންބަރު M20/M/PT/2026/09
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ ތްރެޝްހޯލްޑް-2 ހަމަވާ އަދަދަށް ސޮއި ލިބިފައިވާ ޕެޓިޝަން، "އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިޞްލާހު އަނބުރާ ގެންދިއުމަށް ގޮވަލާ ޕެޓިޝަން" އާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 257-6 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ތްރެޝްހޯލްޑް 2 ހަމަވާ ޢަދަދަށް ސޮއި ލިބިފައިވާ އީ-ޕެޓިޝަނަކަށްވާތީ، ގަވާއިދުގެ 12-257 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ޕެޓިޝަނާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފައެއް ހޯދުމަށް ފޮނުވުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއީދުކުރެއްވިއެވެ. އަދި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
އެއަށްފަހު، މި ޕެޓިޝަނަކީ ތްރެޝްހޯލްޑް 2 ހަމަވާ ޢަދަދަށް ސޮއި ލިބިފައިވާ އީ-ޕެޓިޝަނަކަށްވާތީ، ގަވާއިދުގެ 12-257 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ޕެޓިޝަނާމެދު މަޖިލީހުގައި ބަހުސްކުރުމަށްޓަކައި، މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ތާއީދުކުރެއްވިއެވެ. އަދި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
16 އޯގަސްޓު 2026
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިޞްލާހު އަނބުރާ ގެންދިއުމަށް ގޮވަލާ ޕެޓިޝަން
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA