މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
12 އޮކްޓޯބަރު 2026 11:00 ނަންބަރު M20/M/MM/2026/21
މިއަދުގެ ބައްދަލުވުމަށް އެޖެންޑާކުރެވިފައިވަނީ، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކުގެ ޕްރެޒެންޓޭޝަންތައް ހުށަހެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުމެވެ.
އެގޮތުން، މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކޮމިޓީން ކުރިއަށް ގެންދެވީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ ގޮތުން، ކޮމިޓީން ހިއްސާކުރެއްވި "ކީ ޕަރފޯމަންސް އިންޑިކެޓަރސް" ގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން އެކުލަވާލައްވައި ކޮމިޓީއާ ހިއްސާކުރައްވާފައިވާ ޕްރެޒެންޓޭޝަން ކޮމިޓީއަށް ހުށަހެޅުއްވުމެވެ.
އެގޮތުން، އެ ކޮމިޝަނުގެ ފަރާތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ފަރާތްތަކުން އެ ޕްރެޒެންޓޭޝަން ކޮމިޓީއަށް ހުށަހަޅުއްވައިދެއްވައި، އެ ޕްރެޒެންޓޭޝަނުގައި ކޮމިޓީއާ ހިއްސާކުރެއްވި ކަންކަމާއި އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވިއެވެ. އަދި، ކޮމިޓީގެ މުޤައްރިރު، ކޮމިޓީގެ ފަރާތުން އެ ކޮމިޝަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަން އެ ކޮމިޝަނުގެ މަޢުލޫމާތަށްޓަކައި ދެންނެވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން ކުރިއަށް ގެންދެވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ ގޮތުން ކޮމިޓީން ހިއްސާކުރެއްވި "ކީ ޕަރފޯމަންސް އިންޑިކެޓަރސް" ގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން އެކުލަވާލައްވައި ކޮމިޓީއާ ހިއްސާކުރައްވާފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުމެވެ.
އެގޮތުން، އެ ކޮމިޝަނުގެ ފަރާތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ފަރާތްތަކުން އެ ޕްރެޒެންޓޭޝަން ހުށަހަޅައި ދެއްވުމަށްފަހު، އެ ޕްރެޒެންޓޭޝަނާއި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވިއެވެ.
އަދި، އަދި، ކޮމިޓީގެ މުޤައްރިރު، ކޮމިޓީގެ ފަރާތުން އެ ކޮމިޝަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަން އެ ކޮމިޝަނުގެ މަޢުލޫމާތަށްޓަކައި ދެންނަވައި، އެ ކޮމިޝަނުގެ ޕްރެޒެންޓޭޝަނުގައި، އެ ކޮމިޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތަފްޞީލު ހިމެނޭ ކަރުދާހެއް ތައްޔާރުކޮށް، ކޮމިޓީން ޒިޔާރަތްކުރައްވާ ދުވަހު ޙަވާލުކޮށްދެއްވުމަށް ކޮމިޓީގެ މުޤައްރިރު އެ ކޮމިޝަނުގައި އެދިވަޑައިގެންނެވިއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
6 އޮކްޓޯބަރު 2026
މިނިވަން މުއައްސަަސާތަކުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA