މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
13 އޮކްޓޯބަރު 2026 11:00 ނަންބަރު M20/M/MM/2026/22
މިއަދުގެ ބައްދަލުވުމަށް އެޖެންޑާކުރެވިފައިވަނީ، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކުގެ ޕްރެޒެންޓޭޝަންތަކުގެ ތެރެއިން، ސިވިލް ސަރވިސް ކޮމިޝަނުގެ ޕްރެޒެންޓޭޝަން ހުށަހެޅުމަށް އެ ކޮމިޝަނާ ބައްދަލުކުރުމެވެ.
އެގޮތުން، މިއަދުގެ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ ގޮތުން، ކޮމިޓިއިން ޙިއްސާކުރެއްވި "ކީ ޕަރފޯމަންސް އިންޑިކޭޓަރސް"ގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ތައްޔާރުކޮށް، ކޮމިޓީއާ ޙިއްސާކުރައްވާފައިވާ ޕްރެޒެންޓޭޝަން ކޮމިޓީއަށް ހުށަހެޅުއްވިއެވެ.
އެއަށްފަހު، އެ ކޮމިޝަނުގެ ފަރާތުން ކޮމިޓީއަށް ޙާޟިރުވެވަޑައިގެންނެވި ފަރާތްތަކުން ޕްރެޒެންޓޭޝަން ކޮމިޓީއަށް ހުށަހަޅުއްވައިދެއްވުމުން، އެ ޕްރެޒެންޓޭޝަންގައި ކޮމިޓީއާ ޙިއްސާކުރެއްވި ކަންކަމާއި، އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އެ ކޮމިޝަނުން ޖަވާބުދެއްވިއެވެ. އަދި ކޮމިޓީ މެންބަރުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަން އެ ކޮމިޝަނުގެ މަޢުލޫމާތަށްޓަކައި ދެންނެވިއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ސަލާމް
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
6 އޮކްޓޯބަރު 2026
މިނިވަން މުއައްސަަސާތަކުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA