ޕެޓިޝަން ކޮމިޓީ

ޕެޓިޝަން ކޮމިޓީގެ 2026 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

14 އޮކްޓޯބަރު 2026 20:53 ނަންބަރު M20/M/PT/2026/12

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ ތްރެޝްހޯލްޑް-1 ހަމަވާ އަދަދަށް ސޮއި ލިބިފައިވާ ޕެޓިޝަން، "ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ކުރިއަށް ގެންގޮސް މަޖިލީހުން ގޮތެއްނިންމުމަށް ގޮވާލާ ޕެޓިޝަން" އާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.


އަދި މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 6-257 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ތްރެޝްހޯލްޑް-1 ހަމަވާ ޢަދަދަށް ސޮއި ލިބިފައިވާ އީ-ޕެޓިޝަންއެއްކަމާއި، މި ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ޤާރާރަކީ އިޤްތިޞާދީ ކޮމިޓީގައި މަސައްކަތް ހިނގަމުންދާ ޤަރާރެއްކަމާއި، އެ ކޮމިޓީއިން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ އަދާހަމަ ބައްލަވާލެއްވުން ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް، ކޮމިޓީއަށް މެންބަރުން ޙާޒިރުވެވަޑައިގެން ތިއްބެވި ޢަދަދަށް ބަލާއިރު، ވޯޓިންގ ކޯރަމް ހަމަވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައި ނުގަންނަވާތީ، އެޖެންޑާ ކޮށްފައިވާ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީއަށް ނިންމުމެއް ނިންމެން ނެތްކަން ފާހަގަކުރެވޭކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހެޅުއްވިއެވެ.


މި ހުށަހެޅުއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއީދުކުރައްވައި، އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ޤާރާރުގެ މަސައްކަތް އިޤްތިޞާދީ ކޮމިޓީއިން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ އަދާހަމަ ހޯއްދަވާއިރު، އެ ކޮމިޓީގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއާ ކޮށްފައިވާ މަޝްވަރާތަކާއި އެ މިނިސްޓްރީން ދެއްވާފައިވާ ޖަވާބުތަކުގެ މަޢުލޫމާތު ހޯދުމަށް އެ ކޮމިޓީއަށް ސިޓީއެއް ފޮނުވަން ފެންނަކަމަށާއި، އެޖެންޑާކޮށްފައިވާ ޕެޓިޝަނާ ގުޅުންހުރި މަޝްވަރާތައް ދެން ބާއްވާ ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. 

ބައްދަލުވުމުގެ ހާޒިރީ

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ރަޝީދު

ނޮޅިވަރަމް ދާއިރާ

ސަލާމް

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝިފާޒް

އުނގޫފާރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝަމީޒް

މަޑަވެލި ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ރަސްމީ

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ސަލާމް

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 އޮކްޓޯބަރު 2026

އެހެނިހެން

ކުރިޔަށް ދަނީ

11 އޮކްޓޯބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގްރޫމިންގ އަދި ހެދުންއެޅުމުގެ އުޞޫލާގުޅޭ ޕެޓިޝަން.

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    05
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    02
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA