މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
20 އޮކްޓޯބަރު 2026 11:00 ނަންބަރު M20/M/MM/2026/23
މިއަދުގެ ބައްދަލުވުމަށް އެޖެންޑާކުރެވިފައިވަނީ، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކުގެ ޕްރެޒެންޓޭޝަންތަކުގެ ތެރެއިން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގެ ޕްރެޒެންޓޭޝަން ހުށަހެޅުމަށް އެ އޮފީހާ ބައްދަލުކުރުމެވެ.
އެގޮތުން، މިއަދުގެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ ގޮތުން، ކޮމިޓީއިން ހިއްސާކުރެއްވި "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގެ މައްޗަށް ބިނާކޮށް އެ އޮފީހުން ތައްޔާރުކޮށް، ކޮމިޓީއާ ހިއްސާކުރައްވާފައިވާ ޕްރެޒެންޓޭޝަން ކޮމިޓީއަށް ހުށަހެޅުއްވިއެވެ.
އަދި، އެ އޮފީހުގެ ފަރާތުން ކޮމިޓީއަށް ޙާޟިރުވެވަޑައިގެންނެވި ފަރާތްތަކުން ޕްރެޒެންޓޭޝަން ކޮމިޓީއަށް ހުށަހަޅުއްވައިދެއްވުމުން، އެ ޕްރެޒެންޓޭޝަންގައި ކޮމިޓީއާ ހިއްސާކުރެއްވި ކަންކަމާއި، އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އިންފޮމޭޝަން ކޮމިޝަނަރު ޖަވާބުދެއްވިއެވެ. އަދި ކޮމިޓީ މެންބަރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަން އެ ކޮމިޝަނުގެ މަޢުލޫމާތަށްޓަކައި ދެންނެވިއެވެ.
މީގެ އިތުރުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ މަސައްކަތް ކުރިއަށް ގެންދަވާތީ، އެ އޮފީހުން ކޮމިޓީއާ ބައްދަލުކޮށްލެއްވުމަށް އެދިވަޑައިގެން ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވުމުން، ކޮމިޓީގެ ބައްދަލުވުމަށްފަހު އެ މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށް އެ އޮފީހުން ކޮމިޓީގައި ދެންނެވިއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިނުގަންނަވާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ސަލާމް
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
6 އޮކްޓޯބަރު 2026
މިނިވަން މުއައްސަަސާތަކުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA