މާލިއްޔަތު ކޮމިޓީ
26 އޮކްޓޯބަރު 2026 11:35 ނަންބަރު M20/M/ML/2026/25
މިއަދުގެ ބައްދަލުވުމުގައި، "އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަން" އާ ގުޅޭގޮތުން، މާލިއްޔަތު ކޮމިޓީން ދެކޭގޮތް ފޮނުއްވައިދެއްވުމަށްއެދި ޕެޓިޝަން ކޮމިޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގައި ހުރި މައްސަލަތައް ދިރާސާކުރުމަށާއި، އެގޮތުން ޞިއްޙީ އިންޝުއަރަންސް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމުގެގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަދި އިންޝުއަރަންސް ކުންފުނިތަކަށް ސިޓީ ފޮނުވުމަށް ހިތަދޫ މެދު ދާއިރާ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު، މި ކޮމިޓީން ދެކޭގޮތް ފޮނުއްވައިދެއްވުމަށްއެދި ޕެޓިޝަން ކޮމިޓީން ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ޤައުމީ ޞިއްހީ އިންޝުއަރަންސް ނިޒާމެއް ޤާއިމުކުރެވެންވާނީ ހަރުދަނާ ގޮތެއްގައި ޕޮލިސީ މަރުޙަލާގައި، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތައް މަޝްވަރާކޮށް، އިންސާފުވެރިކަމާއެކު އެންމެން ޝާމިލުވާ، މާލީ ގޮތުން ދެމެހެއްޓެނިވި، އަދި ދިގު މުއްދަތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމެއްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމަށްފަހުކަމާއި، އެފަދަ ދިރާސާއެއްކުރުމަށް ކޮމިޓީން ނިންމަވާފައިވާކަމަށް ދެންނެވުމަށް ހިތަދޫ މެދު ދާއިރާ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓު، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މެންބަރުންނާ ހިއްސާކުރެއްވިއެވެ. އަދި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓު ދިރާސާކުރުމަށްފަހު، އެ ރިޕޯޓުގައި ދެއްވާފައިވާ ލަފާ ތަންފީޒުކޮށްފައިވާ މިންވަރާއި، އެ ކަންކަން ތަންފީޒުކުރުމަށް މިހާތަނަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ކޮށްފައިވާ މަސައްކަތްތައް ސާފުކުރުމަށް ނިންމެވިއެވެ.
އޭގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ފޮނުވާފައިވާ 2025 އަހަރުގެ ބަޖެޓު ނަތީޖާ ބަޔާން، އެނުއަލް ޑެޓް ރިޕޯޓު 2025، އަދި 2026 އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ދައުލަތުން ނަގާފައިވާ ލޯނާއި، ދައުލަތުން ސޮވްރިންގ ގެރެންޓީ ދޫކޮށްފައިވާ ލޯނު އަދި ދައުލަތުން ދޫކޮށްފައިވާ ލޯނުގެ ތަފްޞީލާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މިނިސްޓްރީން ފޮނުވާފައިވާ ލޯނާގުޅޭ ލިޔެކިޔުންތަކުގެ އިތުރު ތަފްޞީލު އެ މިނިސްޓްރީން ލިޔުމުން ހޯދުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އަދި، ޤާނޫނު ނަންބަރު 30/2024 (ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ނަތީޖާގެ ބަޔާނާ ގުޅިގެން އެ މަޖިލީހުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށްދިނުމަށްޓަކައި، އެކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އިޖުރާއަތުގެ ތެރެއިން އެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް މިނިސްޓަރު ޙާޟިރުވެ، ޖަވާބުދާރީވާންވާނެކަމަށް ބަޔާންކޮށްފައިވާތީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ފޮނުވާފައިވާ 2025 އަހަރުގެ ބަޖެޓު ނަތީޖާ ބަޔާނާ ގުޅޭގޮތުން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
މި ބައްދަލުވުމުގައި ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
އެހެން ކޮމިޓީއެއްގައި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
26 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގައި ހުރި މައްސަލަތައް ދިރާސާކުރުމަށް.
ކުރިޔަށް ދަނީ
26 އޮކްޓޯބަރު 2026
ޢާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އިންޝުއަރެންސް ކަނޑާލުމާމެދު މާލިއްޔަތު ކޮމިޓީން ދެކޭ ގޮތް ހޯދުމަށް ޕެޓިޝަން ކޮމިޓީން ފޮނުވި މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
1 ސެޕްޓެމްބަރު 2026
ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓު.
ކުރިޔަށް ދަނީ
1 ސެޕްޓެމްބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
18 އޯގަސްޓު 2026
2026 އަހަރުގެ ދެވަނަ ކުއަރޓަރ ނިމުނުއިރު ދައުލަތުން ނަގާފައިވާ ލޯނާއި، ދައުލަތުން ސޮވްރިންގ ގެރެންޓީ ދޫކޮށްފައިވާ ލޯނު އަދި ދައުލަތުން ދޫކޮށްފައިވާ ލޯނުގެ ތަފްޞީލު
ކުރިޔަށް ދަނީ
1 ޖޫން 2026
2025 އަހަރުގެ ބަޖެޓު ނަތީޖާ ބަޔާން
ކުރިޔަށް ދަނީ
7 މޭ 2026
އެނުއަލް ޑެޓް ރިޕޯޓު 2025
ކުރިޔަށް ދަނީ
3 މޭ 2026
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA