މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
26 އޮކްޓޯބަރު 2026 11:00 ނަންބަރު M20/M/MM/2026/24
މިއަދުގެ ބައްދަލުވުމަށް އެޖެންޑާކުރެވިފައިވަނީ، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކުގެ ޕްރެޒެންޓޭޝަންތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގެ ޕްރެޒެންޓޭޝަން ހުށަހެޅުމަށް އެ އިދާރާތަކުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރުމެވެ.
އެގޮތުން، މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ ގޮތުން، ކޮމިޓީއިން ހިއްސާކުރެއްވި "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ތައްޔާރުކޮށް، ކޮމިޓީއާ ހިއްސާކޮށްފައިވާ ޕްރެޒެންޓޭޝަން ކޮމިޓީއަށް ހުށަހެޅުއްވިއެވެ.
އަދި، އެ ކޮމިޝަނުގެ ފަރާތުން ކޮމިޓީއަށް ޙާޟިރުވެވަޑައިގެންނެވި ފަރާތްތަކުން ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވުމުން، އެ ޕްރެޒެންޓޭޝަންގައި ކޮމިޓީއާ ހިއްސާކުރެއްވި ކަންކަމާއި، އެ ކޮމިޝަނުގެ މަސައްކަތްތަކުގެ އިތުރުން އެ ކޮމިޝަން ހިންގުމަށް ބޭނުންކުރަމުންދާ ޢިމާރާތުގެ ސަބަބުން ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބުދެއްވިއެވެ. އެއަށްފަހު، ކޮމިޓީގެ މެންބަރުން އިލެކްޝަންސް ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަން ކޮމިޓީގެ މުޤައްރިރު، އެ ކޮމިޝަނުގެ މަޢުލޫމާތަށްޓަކައި ދެންނެވިއެވެ.
އަދި އެ ކޮމިޝަނުގެ ޕްރެޒެންޓޭޝަނުގައި، އެ ކޮމިޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތަފްޞީލު ހިމެނޭ ކަރުދާހެއް ތައްޔާރުކޮށް، ކޮމިޓީއާ ހިއްސާކޮށްދިނުމަށް ކޮމިޓީގެ މުޤައްރިރު އެ ކޮމިޝަނުގައި އެދިވަޑައިގެންނެވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން ކުރިއަށް ގެންދެވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ ގޮތުން ކޮމިޓީން ހިއްސާކުރެއްވި "ކީ ޕަރފޯމަންސް އިންޑެކްސް" ގެ މައްޗަށް ބިނާކޮށް އެ އޮފީހުން އެކުލަވާލައްވައި ކޮމިޓީއާ ހިއްސާކުރައްވާފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުމެވެ.
އެ އޮފީހުގެ ފަރާތުން ކޮމިޓީއަށް ޙާޟިރުވެވަޑައިގެންނެވި ފަރާތްތަކުން ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވުމުން، އެ ޕްރެޒެންޓޭޝަންގައި ކޮމިޓީއާ ހިއްސާކުރެއްވި ކަންކަމާއި، ޕެންޝަން ފައިސާ ދިނުމުގައި ބޭސިކް ޕެންޝަން ލިބޭ ފަރާތަކާއި ވަޒީފާ އަދާކޮށް ރިޓަޔަރކޮށްފައިވާ ފަރާތްތަކަށް ލިބޭ ޕެންޝަން ފައިސާގެ ޢަދަދުގެ ފަރަގު ކުޑަވުމުގެ ޝަކުވާ މެންބަރުންނަށް ލިބެމުންދާކަމާއި، ޕެންޝަން ފަންޑުގައިވާ ފައިސާ އިންވެސްޓުކުރުމަށް އެ އޮފީހުން އެކުލަވާލާފައިވާ ޕްލޭނާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޕެންޝަން އޮފީހުގެ ފަރާތުން ޖަވާބުދެއްވިއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
6 އޮކްޓޯބަރު 2026
މިނިވަން މުއައްސަަސާތަކުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA