ގަވާއިދު ކޮމިޓީ

ގަވާއިދު ކޮމިޓީގެ 2026 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

26 އޮކްޓޯބަރު 2026 11:00 ނަންބަރު M20/M/GV/2026/08

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ދިވެހިރާއްޖޭގައި ހިންގާ އޮންލައިން މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކުގެ ފެންވަރާމެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރައްވާފައިވާތީ، އެ މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް އެއްވެސް މެންބަރަކު އިއުތިރާޒުނުކުރައްވާތީ، އެގޮތަށް ނިންމެވިއެވެ. އަދި ކޮމިޓީގައި ޢާންމުކޮށް ޢަމަލުކުރާ އުސޫލުގެ ދަށުން މައްސަލަ ހުށަހެޅުއްވި މެންބަރަށް އެ އިދާރާތަކުން ދެއްވާފައިވާ މަޢުލޫމާތު ހިއްސާކުރެއްވުމަށް ނިންމެވިއެވެ.

ދެން ކޮމިޓީގައި މަޝްވަރާކުރެއްވީ ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، ގަވާއިދުތައް އެކުލަވާލުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިއިރުވެސް، އެ ގަވާއިދުތައް އެކުލަވާލައި ނިމިފައިނުވާތީ، އެކަން މިނިސްޓްރީ އޮފް ހެލްތް އިން ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން، އެ މިނިސްޓްރީއާއެކު ބޭއްވުނު ބައްދަލުވުމުގައި ހުރިހާ ގަވާއިދެއްގެ މަސައްކަތް އޮގަސްޓު 2026 ގެ ނިޔަލަށް ނިންމޭނެކަމަށް މަޢުލޫމާތު ދެއްވާފައިވާތީ، އެ ގަވާއިދުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވައި، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ.

 

އެއަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ ތަފާސްހިސާބު ބެލުމަށާއި، ޤާނޫނުތަކުގެ ދަށުން އެކުލަވާލުމަށް ލާޒިމްކުރާ ގަވާއިދުތައް އެކުލަވާލުމުގައި ލަސްވަމުންދާ މައްސަލަތައް ޙައްލުކުރުމަށް ކޮމިޓީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ކޮމިޓީގެ ސަމާލުކަމަށް ގެނައުމަށް އެދި ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ އިދާރީ މޭޒުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މިނިސްޓްރީތަކުގެ މެންޑޭޓްގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ ތެރެއިން ގެޒެޓްކޮށްފައިނުވާ ގަވާއިދުތަކުގެ ތެރެއިން ނިމޭނެ މުއްދަތް ދެއްވާފައިނުވާ މިނިސްޓްރީތަކުން އެ ގަވާއިދުތައް ނިމޭނެ މުއްދަތާއި، އެކުލަވާލެވިފައިނުވާ ސަބަބު ސާފުކުރެއްވުމަށާއި، އަދި މީގެ އިތުރުން މިނިވަން މުއައްސަސާތަކުން ވެސް ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ މަޢުލޫމާތު ހޯއްދެވުމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ހުށަހަޅުއްވައި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. 

މި ބައްދަލުވުމުގައި ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.

ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ފެންނަކަމަށް

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ފެންނަކަމަށް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ފެންނަކަމަށް

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ފެންނަކަމަށް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
8
ވޯޓުދިން މެންބަރުން
8
ހާޒިރުވެތިބި މެންބަރުން
9
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
9
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ފެންނަކަމަށް
8
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
8
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ވޯޓުގެ ތަފްސީލް

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ފެންނަކަމަށް

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ފެންނަކަމަށް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ފެންނަކަމަށް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ފެންނަކަމަށް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
8
ވޯޓުދިން މެންބަރުން
8
ހާޒިރުވެތިބި މެންބަރުން
9
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
9
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ފެންނަކަމަށް
8
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
8
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

26 އޮކްޓޯބަރު 2026

ކޮމިޓީއަށް ލިބިފައިވާ މައްސަލަތައް ދިރާސާކުރުން

ކުރިޔަށް ދަނީ

29 އޭޕްރީލު 2026

ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ ތަފާސްހިސާބު ބެލުމަށާއި، ގަވާއިދުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ކޮމިޓީން ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

8 މާރިޗު 2026

ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައިނުވާތީ، އެކަން މިނިސްޓްރީ އޮފް ހެލްތް އިން ބެލުމަށް އެދި ފޮނުވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

19 ޖެނުއަރީ 2026

ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އޭގެ އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA