އިޖްތިމާޢީ ކޮމިޓީ
26 އޮކްޓޯބަރު 2026 11:00 ނަންބަރު M20/M/IJ/2026/18
މި ބައްދަލުވުމުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ކުރިއަށްގެންދެވީ، ދަރިފުޅުގެ ބަލިހާލަތު ހުރިގޮތުން ޙައްޖަށް އަވަހަށް ދެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް އެދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއަށް ފޮނުއްވާފައިވާ ސިޓީއަށް އެދެވޭ ޖަވާބެއް ލިބިފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ޙިއްސާކޮށް އެ ފަރާތުން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީގައި ޢަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ މަސައްކަތެވެ. އެގޮތުން، ސިޓީގައި ބަޔާންކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވައި، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް ތާއީދުކުރައްވާފައިވަނީ، އިސްވެ ދެންނެވުނު ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ބައްދަލުކުރެއްވުމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ އިޖްތިމާޢީ ކޮމިޓީއާއެކު ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބޭއްވި ބައްދަލުވުމާ ގުޅިގެން، އެ ސޮސައިޓީއިން ފާހަގަކުރައްވާފައިވާ ކަންތައްތައް ބަޔާންކޮށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުންނެވެ. އެގޮތުން، އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑްއާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ހޯއްދަވާފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް ޖަވާބު ސިޓީއެއް އެ ސޮސައިޓީއަށް ފޮނުއްވުމަށް ރިޔާސަތުން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ކޮމިޓީގެ މެންބަރުން އިޢުތިރާޒު ކުރައްވާފައި ނުވާތީ، އެ އިދާރާތަކުން ހޯއްދަވާފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް ޖަވާބު ސިޓީއެއް ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ފޮނުއްވުމަށް ނިންމަވައި މައްސަލަ ކޮމިޓީން ނިންމާލެއްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ ލޮލަށް ސްޓްރޯކް ޖެހުމުން ބޭނުންވާ މުހިއްމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލުތަކުން ލިބެން ނުހުންނަ ކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުންނެވެ. އެގޮތުން، ސިޓީގައި ބަޔާންކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހަޅުއްވައި ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް ތާއީދުކުރައްވާފައިވަނީ، އިސްވެ ދެންނެވުނު ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ވަކިވަކިން ބައްދަލުކުރެއްވުމަށެވެ.
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިނުގަންނަވާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
23 އޮކްޓޯބަރު 2024
އެހެނިހެން މަސައްކަތްތައް
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA