ލާމަރުކަޒީ ކޮމިޓީ
27 އޮކްޓޯބަރު 2026 10:30 ނަންބަރު M20/M/LM/2026/17
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތެވެ. އެގޮތުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫ ރައްޔިތުން ތަރައްޤީވެފައިވާ އެހެން ރަށަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާތީ، އެ މަޝްރޫޢު ކުރިއަށް ގެންގޮސްދިނުމަށް އެދި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރެއްވިއެވެ. މި މައްސަލައާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ސިޓީ ފޮނުވުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވިލިފުށި ދާއިރަގެ މެންބަރު ޙަސަން ވަޙީދު ތާއީދު ކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.
އެއަށްފަހު، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ހުށަހެޅުއްވީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫ ރައްޔިތުން ތަރައްޤީވެފައިވާ އެހެން ރަށަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާތީ، އެ މަޝްރޫޢު ކުރިއަށް ގެންގޮސްދިނުމަށް އެދި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓް ބެލުމަށާއި އެކަމަށް ޙައްލެއް ލިބޭނެ އިރެއް އަންގައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށާއި މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއަށް ސިޓީ ފޮނުވުމަށެވެ. މި ހުށަހެޅުއްވުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު ތާއީދު ކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން މި ހުށަހެޅުން ފާހެއްނުވެއެވެ.
އެއަށްފަހު، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އެދުމުގެމަތިން އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައި ވީނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ހދ. ހިރިމަރަދޫގައި ބޭއްވުމާ ގުޅޭގޮތުން މިހާތަނަށް ގޮތެއް ނިންމަވާފައި ނުވާތީއާއި، އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރާއިރު ރަށު ކައުންސިލު އިންޚާބު ނިމިފައި އޮވެއްޖެނަމަ ކުރިމަތިވާނެ ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އެގޮތުން، އެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން މިހާރު ޙައްލު ލިބިފައިވާ މައްސަލައަކަށްވާތީ، އެ މައްސަލަ ފައިލްކުރުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.
އޭގެއިތުރުން، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ހުށަހެޅުއްވީ ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އެދުމުގެމަތިން އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައި ވީނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ހދ. ހިރިމަރަދޫގައި ބޭއްވުމާ ގުޅޭގޮތުން މިހާތަނަށް ގޮތެއް ނިންމަވާފައި ނުވާތީއާއި، އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރާއިރު ރަށު ކައުންސިލު އިންޚާބު ނިމިފައި އޮވެއްޖެނަމަ ކުރިމަތިވާނެ ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން މިހާރު އެކަމަށް ޙައްލު ލިބިފައިވީނަމަވެސް، އަސްލު މައްސަލައަށް އަދިވެސް ޙައްލެއް ލިބިފައިނުވާތީ، ކަމާ ގުޅުންހުރި މުއައްސަސާތައް ހާޒިރުކޮށް އަޕްޓޭޑުބެލުމަށެވެ. މި ހުށަހެޅުއްވުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު ތާއީދު ކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން މި ހުށަހެޅުން ފާހެއްނުވެއެވެ.
އެއަށްފަހު، ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންނަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ބަޔެއްކަމަށާއި، އެހެންކަމުން މަޖިލީހުގެ މެންބަރުންނަށް ލިބިދެވޭ އިމްތިޔާޒުތައް ކައުންސިލް މެންބަރުނަށްވެސް ދައުރު ނިމުމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާނޫނަށް ބަދަލު ގެނެސްދެއްވުންއެދި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އެގޮތުން، އެ މައްސަލައަކީ މާލިއްޔަތު ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަމަށްވާތީ، އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވުމަށް ވިލިފުށި ދާއިރަގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ތާޢީދު ކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޢަބްދުالله ޞާދިޤު
ހިތަދޫ އުތުރު ދާއިރާ
11 އޮކްޓޯބަރު 2026
ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުން
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA