ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
27 އޮކްޓޯބަރު 2026 11:00 ނަންބަރު M20/M/SM/2026/7
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ޔޫނިއަން ފޯރ އެމްޕްލޯއިމަންޓް އެޖެންސީސް އޮފް މޯލްޑިވްސް އިން ބިދޭސީންގެ ކަންކަން ބަލަހައްޓަމުން ގެންދާ "އެކްސްޕެޓް ސިސްޓަމް" މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރައްވައިގެން، ފެބްރުވަރީ 2025 ގައި އާ ސިސްޓަމް މެދުވެރިކޮށް ޚިދުމަތްދެއްވަން ފައްޓަވާނެކަމަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުން އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ހުޅުވާލި ފުރުޞަތުގައި މި މައްސަލައަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީގެ މަސްޢޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވާތީ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވައި ދަނގެތީ ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު ތާއީދު ކުރެއްވިއެވެ.
ހުށަހެޅިފައިމިވާ މައްސަލައަކީ ސަރުކާރުގެ ޕަރފޯމަންސް ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވުމުން އެހެން ކޮމިޓީއަކަށް ފޮނުވަން ނުފެންނަކަމަށް އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީގެ ޕަރފޯމަންސް އޮޑިޓެއް ހެދުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ތާއީދު ކުރެއްވިއެވެ.
ނިއަން ފޯރ އެމްޕްލޯއިމަންޓް އެޖެންސީސް އޮފް މޯލްޑިވްސް އިން ބިދޭސީންގެ ކަންކަން ބަލަހައްޓަމުން ގެންދާ "އެކްސްޕެޓް ސިސްޓަމް" މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރައްވައިގެން، ފެބްރުވަރީ 2025 ގައި އާ ސިސްޓަމް މެދުވެރިކޮށް ޚިދުމަތްދެއްވަން ފައްޓަވާނެކަމަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުން އެދި ފޮނުވާފައިވާ މައްސަލައަކީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވާތީ، އެ މައްސަލަ އެ ކޮމިޓީއަށް ފޮނުއްވުމަށް، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވިއެވެ.
އެއަށްފަހު ކުރިއަށްގެންދެވީ، ޤާނޫނު ނަންބަރު 201611/ (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކް" ގައި ހިމެނޭ މުސާރައާއި ޢިނާޔަތްތަކާ ގުޅޭ މިންގަނޑުތަކަށް ގެނެވުނު އިޞްލާޙުތަކާއެކު 01 ނޮވެންބަރު 2025 އިން ފެށިގެން، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ބުނެވިދިޔަ ޕޭ-ފްރޭމްވަރކްގެ މިންގަނޑުތަކާ އެއްގޮތަށް ބަދަލުވެގެންދިޔައިރު، ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކުޑަވެފައިވާކަމުގެ ޝަކުވާ އަންނަމުންދާކަން ބަޔާންކޮށް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ.
މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ހުޅުވާލި ފުރުޞަތުގައި، މި މައްސަލައަކީ ޙަޤީޤަތުގައިވެސް ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރި މައްސަލައެއްކަމަށާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޝިފްޓް ޑިއުޓީ އެލަވަންސް ކުޑަކޮށްފައިވާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާކަމަށާއި، އެހެންނަމަވެސް އެކަމާ ގުޅިގެން ޑިއުޓީގައި ހޭދަކުރަންޖެހޭ ވަގުތަށް ބަދަލެއް އައިސްފައިވާ ނުވާކަމަށާއި، ޕޭ ކޮމިޝަނުން ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑު އެކުލަވާލިއިރު، ގުޅުންހުރި އިދާރާތަކާ ރަނގަޅަށް މަޝްވަރާކުރެވިފައި ނުވާކަން ފާހަގަކުރެވިފައިވާތީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަދި ޕޭ-ކޮމިޝަނުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ތާއީދުކުރެއްވިއެވެ.
މި މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަދި ޕޭ-ކޮމިޝަނުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ސަލާމް
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
27 ނޮވެމްބަރު 2025
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ދައުލަތުގެ ޕޭ ފްރޭމް ވޯރކްއާ ގުޅޭ މައްސަލަ
ކުރިޔަށް ދަނީ
2 ސެޕްޓެމްބަރު 2024
އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA