މާލިއްޔަތު ކޮމިޓީ
27 އޮކްޓޯބަރު 2026 09:32 ނަންބަރު M20/M/ML/2026/26
މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން އުއްތަމަފަނޑިޔާރަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން އުއްތަމަފަނޑިޔާރަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާއި ޢިނާޔަތްތަކާ އެއްވަރުގެ މުސާރައެއް އުއްތަމަފަނޑިޔާރަށް ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން، އުއްތަމަފަނޑިޔާރަށް ލިބިދެވޭ ޢިނާޔަތްތައް މުރާޖަޢާކޮށް، ޚާއްޞަ އެލަވަންސެއްގެ ގޮތުގައި 4,125 (ހަތަރުހާސް އެއްސަތޭކަފަންސަވީސް) ރުފިޔާ ކަނޑައަޅައި، މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި އުއްތަމަފަނޑިޔާރަށް ޖުމްލަ 95,125 (ނުވަދިހަފަސްހާސް އެއްސަތޭކަފަންސަވީސް) ރުފިޔާ ކަނޑައެޅުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
ދެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުން ބަދަލުނުކުރާ މައްސަލައާއި، ބައެއް އެއަރކާގޯ މުދާތައް ސްކޭންނުކޮށް ކްލިއަރކޮށްދޭ މައްސަލަ އަދި އެއަރޕޯޓުގެ ޑިއުޓީ-ފްރީ ފިހާރަތަކުގައި ވިއްކުމަށް ޑިއުޑީ މާފްކޮށް އެތެރެކުރާ މުދާ، އެ ކުންފުނިތަކުގެ އެހެން ސަރަހައްދުތަކުގައި ހުންނަ ފިހާރަތަކުގައި ވިއްކާކަމަށް ބަޔާންކޮށް ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ލިބިފައިވާ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކްލިއަރކުރާ މުދާ ރައްކާކުރުމަށް ބޭނުންކުރާ ވެއަރހައުސްއެއްގައި ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް އެ ސަރވިސްއިން ކުރައްވާތޯ ބެއްލެވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.
އެއަށްފަހު، ތިރީގައިވާ ކޮމިޓީގެ ރިޕޯޓުތަކާ ގުޅިގެން އިދާރާތަކުން ފޮނުވާފައިވާ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރެއްވިއެވެ.
އަދި، "އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 2012، 2015، 2016، 2017، 2018، 2019، 2020، 2021، 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު" އާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ މަޢުލޫމާތުގެ އަދާހަމަ ތަފްޞީލު ހޯއްދެވުމަށް ނިންމެވިއެވެ.
މި ބައްދަލުވުމުގައ ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
27 އޮކްޓޯބަރު 2026
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން އުއްތަމަފަނޑިޔާރަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
26 ނޮވެމްބަރު 2025
މޯލްޑިވްސް ކަސްޓަމްސް ސަރވިސްިއިން އެއާޕޯޓުގައި ކުރާ މަސައްކަތްތަަކާގުޅޭ މައްސަލަ
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA