ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ (ޤަރާރު)

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ 6 ވަނަ ބައްދަލުވުން

4 ނޮވެމްބަރު 2026 13:00 ނަންބަރު M20/M/GT+IJ/6

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ ޤަރާރާ ގުޅިގެން ތިރީގައިވާ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ.

 

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ، ޑރ. އަޙްމަދު މުޙައްމަދު

2. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ޙުސައިން މާނިއު

3. މިނިސްޓްރީ އޮފް ފިނޭންސް އެނޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙްމަދު ސާޢިދު މުސްޠަފާ

4. މިނިސްޓްރީ އޮފް ފިނޭންސް އެނޑް ޕަބްލިކް އެންޓަޕްރައިޒަސްގެބަޖެޓް އެގްޒެކިއުޝަން ޑިރެކްޓަރ، އަލްފާޟިލް އާދަމް ބަދުރުﷲ

5. ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރު ޑރ. މަރޔަމް ނިޔާފް މުޙައްމަދު

6. ނޭޝަނަލް ޕޭ ކޮމިޝަންގެ ޕްރިންސިޕަލް ޑާޓާ ސައިންޓިސްޓް، އަލްފާޟިލާ ހަނާ މަންސޫރު

7. ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޚަދީޖާ ޖަމީލް.

8. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ކައުންސިލް ރަޖިސްޓްރާރ ޑރ. މުޙައްމަދު ޝާފިޢީ ޢަބްދުލް މުންޢިމް

9. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ކައުންސިލް މެންބަރު އަލްފާޟިލާ ފާޠިމަތު މޫސާ

10. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ކައުންސިލް ނައިބުރައީސް އަލްފާޟިލާ ޖުވައިރިޔާ ސަލީމް

 

އެގޮތުން ހުށަހެޅިފައިވާ ޤަރާރާ ގުޅިގެން އެ އިދާރާތަކުގެ ޚިޔާލާއި މަޝްވަރާ ކޮމިޓީއާ ހިއްސާކުރައްވައި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތްތައް މިހާރު ރޭވިފައިވާ ގޮތާއި އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި، އެ ދާއިރާތަކުގެ މަސައްކަތު މާޙައުލު ދުޅަހެޔޮ މާޙައުލަކަށް ހެދުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ޤަރާރަށް ހުށަހެޅުމަށް ފެނިވަޑައިގަންނަވާ އިޞްލާޙުތައް ކޮމިޓީއާ ހިއްސަކުރައްވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 ޖޫން 2025

ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ޞިއްޙީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި ޢަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA