ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
10 ނޮވެމްބަރު 2026 11:00 ނަންބަރު M20/M/SOE/2026/12
މިއަދުގެ ބައްދަލުވުމުގައި، މާލޭގެ އުތުރު ބަނދަރު (ނޯތު ހާބަރު) ބޭނުންކުރުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަލަށް ޢަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ މަޢުލޫމާތު ސާފުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން، މިވަގުތު އެ ކުންފުނިން މުދާ އުފުލާ ބޯޓުފަހަރު ހުސްކުރުމަށް ނަގާ މުއްދަތު 8 ދުވަހުން 6 ދުވަހަށް މަދުވެފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވިއެވެ. އަދި، މި މައްސަލަ ޙައްލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށާއި، ތިލަފުށީގެ އާ ބަނދަރުގެ މަސައްކަތް ނިމި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން މާލެ އުތުރު ބަނދަރުގައި ދިމާވާ ޖާގައިގެ މައްސަލައާއި ބޯޓުތަކުން މުދާ ބޭލުމުގައި ދިމާވާ ލަސްތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން:
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިނުގަންނަވާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އެހެން ކޮމިޓީއެއްގައި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ވަޑައިގެންނެވި
6 ޖުލައި 2026
މާލޭ ނޯތު ހާބަރު ބޭނުންކުރުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަލަށް ޢަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ މައްސަލަ.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA