ބަޖެޓު ދިރާސާކުރާ ކޮމިޓީ

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ 2026 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

10 ނޮވެމްބަރު 2026 10:36 ނަންބަރު M20/M/BGT/2026/04

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އޮޑިޓަރ ޖެނެރަލް ބަޖެޓާ ގުޅޭގޮތުން ދެއްވާފައިވާ ފަންނީ ލަފައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް، ލިބޭ އާމްދަނީގެ ތެރެއިން ހަމަޖެއްސުމުގައި ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމުގެ މުހިންމުކަމާއި، ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ޢަދަދުތައް ހޯދުމަށް އާމްދަނީ ބަލައިގަންނަ އިދާރާތަކަށް ޤާނޫނުތަކާއި ގަވާއިދުތައް އަދި އެއްބަސްވުންތަކުގެ ތެރެއިން ލިބިދޭ ބާރުތައް އިތުރުކުރުމުގެ މަސައްކަތް ކުރުން އަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ދައުލަތުގެ ބަޖެޓު ޑެފިސިޓް ބޮޑުވެގެންދަނީ ކޮންމެ އަހަރަކު ވެސް ބަޖެޓުގައި ހޯދުމަށް ހުށަހަޅާފައިވާ އާމްދަނީގެ ޢަދަދަށް ބަރޯސާވެ، ޚަރަދުތައް ހިމެނުމުގެ ސަބަބުން ކަމަށާއި، އަދި ބޭރު ފައިސާގެ ރިޒާވަށް ކުރާނެ އަސަރު ކުޑަކުރުމުގެ ގޮތުން ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުންފަދަ ދެމެހެއްޓެނެވި އަދި ތިމާވެއްޓާ ރައްޓެހިގޮތުގައި އުފެއްދޭ ހަކަތައިގެ މިންވަރު އިތުރުކުރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ބަޖެޓު މެނޭޖްކުރެވޭނީ، ދައުލަތުގެ ބަޖެޓުން ސަބްސިޑީ އަދި އާސަންދަ ފަދަ ކަންކަމަށް ކުރާ ޚަރަދުތައް ކުޑަ ކޮށްގެންކަމަށާއި، ދައުލަތުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދު އިތުރުވަމުންދާ މިންވަރު ކޮންޓްރޯލްކުރުމުގެ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް ކުރާ ޚަރަދު ބޮޑުވެފައިވާ ސަބަބު ދެނެގަތުމަށް ޚާއްޞަ ރިވިއުއެއް ހަދައި ރިޕޯޓެއް އަންނަ އަހަރު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވާނެކަން ވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. 


އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން:

  1. އަލްފާޟިލް ޙުސައިން ނިޔާޒީ، އޮޑިޓަރ ޖެނެރަލް
  2. އަލްފާޟިލާ ޝިރުމީނާ ޙުސައިން، އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް
  3. އަލްފާޟިލް މުޙައްމަދު ޝާން، ޑިރެކްޓަރ ޖެނެރަލް
  4. އަލްފާޟިލާ މަރްޔަމް ނުހާ، ނިއަރ އޮޑިޓަރ

ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ސަލާމް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ސަލާމް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    18
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    03
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA