ބަޖެޓު ދިރާސާކުރާ ކޮމިޓީ
10 ނޮވެމްބަރު 2026 14:08 ނަންބަރު M20/M/BGT/2026/05
މިއަދުގެ ބައްދަލުވުމުގައި، 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ގަވަރުނަރު ބަޖެޓާ ގުޅޭގޮތުން ދެއްވާފައިވާ ފަންނީ ލަފައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، ފާއިތުވެދިޔަ އަހަރެކޭ އެއްފަދައިން 2027 ވަނަ އަހަރަށް ހުޅަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް އާ ފިޔަވަޅުތަކެއް ހުޅަހަޅާފައިނުވާކަމަށާއި، 2026 އަދި 2027 ވަނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދުގެ ބޮޑު ބައެއް ސީދާގޮތުންނާއި ނުސީދާ ގޮތުންވެސް ބޮޑަށް ބަރޯސާވަނީ ފަތުރުވެރިކަމުގެ ޞިނާޢަތަށްކަމާއި، މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތް އިތުރަށް މަޑުޖެހިއްޖެނަމަ މިހާރު އަންދާޒާކޮށްފައިވާ މިންވަރަށް އާމްދަނީ ނުލިބުމުގެ ހިރާސް އޮތްކަމަށާއި، އެފަދަ ޙާލަތެއްގައި ސަރުކާރުން ޢަމަލުކުރާނެ ގޮތުގެ ހަރުދަނާ ޕްލޭނެއް ރޭވިފައިއޮތުން މުހިންމުކަމަށާއި، މެދު އިރުމަތީ ހަނގުރާމައާ ވިދިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި އަދި ދަތުރުފަތުރުގެ ނިޒާމަށް އައި ލޮޅުންތަކަށް ރިޢާޔަތްކޮށް، އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި ފަތުރުވެރިކަމުގެ ޞިނާޢަތަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޤްތިޞާދު ސިންދަފާތު ކުރުން މުހިންމުކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އަދި ދިވެހިރާއްޖެއިން ބޭރުވާ ބޭރުފައިސާގެ މިންވަރު މަދުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް ރާވާފައިވާ މަޝްރޫޢުތައް އަވަސްކޮށް، ޕްލޭންތަކާއި އެއްގޮތަށް ގެންދިއުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ޑޮމެސްޓިކް ފައިނޭންސިންގއަށް ބަރޯސާވާ މިންވަރު އިތުރުވަމުން ދިއުމާއި ދަރަނީގެ އިންޓްރެސްޓް ރޭޓްތައް ބޮޑުވަމުން ދިޔުމުގެ ސަބަބުން، ރިކަރަންޓް ޚަރަދުގެ ތެރެއިން ލޯނު ޚިދުމަތުގެ ޚަރަދު ދަނީ އަހަރުން އަހަރަށް ބޮޑުވަމުންކަމަށާއި، ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހެޔޮ އަގުގައި ދަރަނި ލިބޭނެ މަގުފަހިކުރުމަށްޓަކައި ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ކުޑަކޮށް ދައުލަތަށް ލިބޭ އާމްދަނީން ބަޖެޓުގެ ބޮޑުބައެއް ހަމަޖެއްސުން މުހިންމު ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން:
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ރަސްމީ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ސަލާމް
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިނުގަންނަވާ
29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA