ބަޖެޓު ދިރާސާކުރާ ކޮމިޓީ

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ 2026 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

16 ނޮވެމްބަރު 2026 11:35 ނަންބަރު M20/M/BGT/2026/07

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބަޖެޓު އަދި އިލެކްޝަންސް ކޮމިޝަންގެ ބަޖެޓާ ގުޅޭގޮތުން އެ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.


ޓެކްސް އެޕީލް ޓްރައިބިއުނަލުން ބަޖެޓާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަން:

  • 2027 ވަނަ އަހަރު ބަޖެޓްކޮށްފައިވާނީ ޓްރައިބިއުނަލްގެ ކެޕޭސިޓީ ބިލްޑްކުރުމާއި މުވައްޒަފުން ތަމްރީނުކުރުމަށްކަން؛
  • މި ވަގުތު ޓްރައިބިއުނަލްގައި ތިއްބެވީ 22 މުވައްޒަފުންކަމާއި، މުވައްޒަފުން މަދުވުމާއި މުވައްޒަފުން ރިޓެއިން ނުކުރެވުމަކީ ޓްރައިބިއުނަލްގެ މެންޑޭޓްގައި ހިމެނޭ މަސްއޫލިއްޔަތު އަދާކުރުމަށް އަދި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން؛
  • މުވައްޒަފުން އިތުރުކުރުމަށް ތަކުރާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ އެޕްރޫވަލްއަށް އެދިފައިވާނެކަމާއި ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަން؛
  • މުވައްޒަފުން ރިޓެއިންކުރުމަށް، ނޭޝަނަލް ޕޭ ކޮމިޝަނުގެ އާ އޮނިގަނޑާއެކު މުވައްޒަފުންގެ މުސާރަ މާކެޓުގައި މި ޕްރޮފެޝަންގެ މުސާރައާ ކޮމްޕީޓްކުރެވޭނެ ފަދަ މުސާރައެއް ކަމުގައި ހެދުމަށް މިހާރު އޮތް އޮނިގަނޑު ރިވިއުކުރުމަށް އެ ކޮމިޝަނުގައި އެދިފައިވާކަން؛
  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނެވުނު އިޞްލާހާއެކު ރަޖިސްޓްރޭޝަންގެ މަސްއޫލިއްޔަތު އިތުރަށް ފުޅާވެގެން ގޮސްފައިވާކަމާއި، މިވަގުތު ރަޖިސްޓްރޭޝަންގައި މަސައްކަތް ކުރައްވަނީ ޑިޕްލޮމާ ފެންވަރުގެ އެންމެ މުވައްޒަފެއްކަމާއި ރަޖިސްޓްރޭޝަންއަށް އިތުރު މުވައްޒަފެއް ހޯދުމަށް އެދިފައިވާނެކަމާއި އަދި 2027 ލަފާކޮށްފައިވާ ބަޖެޓުގައި މި މަޤާމުގެ މުސާރަ ހިމަނާފައިވާނެކަން؛ އަދި
  • މިހާރު ދީފައިވާ ބަޖެޓުގެ އިތުރުން 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެކަން.


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން:

  1. ޓްރައިބިއުނަލްގެ ރައީސް، އަލްފާޟިލް ޙަސަން ނާސިޙް އަޙްމަދު
  2. ޓްރައިބިއުނަލްގެ މެންބަރު، އަލްފާޟިލާ އުސާމާ މޫސާ
  3. ޓްރައިބިއުނަލްގެ ރަޖިސްޓްރާރ، އަލްފާޟިލް ޢަބްދުﷲ ޙިލްމީ
  4. އެޑްމިނިސްޓްރޭޓަރ، އަލްފާޟިލާ ޚަދީޖާ އަޙްމަދު
  5. ސީނިއަރ ފައިނޭންސް އޮފިސަރ، އަލްފާޟިލާ އަޒުމާ މުޙައްމަދު ދީދީ



އިލެކްޝަންސް ކޮމިޝަނުން ބަޖެޓާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަން:

  • 2027 ވަނަ އަހަރަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ބަޖެޓުގެ ތެރެއިން، މާލީ ވުޒާރާއިން މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު 2.4 މިލިއަން ރުފިޔާ އުނިކޮށްފައިވާކަމާއި، މިހާރު ދީފައިވާ ބަޖެޓުން އިދާރީ ކަންކަމާއި މުވައްޒަފުންގެ މުސާރައާއި ތަނުގެ ޚަރަދަށް ކެނޑުމަށްފަހު ބައި އިލެކްޝަނެއް ބޭއްވުން ފިޔަވައި އިތުރު ކަމެއްކުރުމަށް ބަޖެޓެއް ނުވާކަން؛
  • ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުވުމާއި އަދި އިންތިޚާބުތަކާ ގުޅިގެން ޢާންމުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ ކަންކަން މިހާރު ހުށަހަޅުއްވާފައިވާ ބަޖެޓުން ކުރެވެން ނެތްކަން؛
  • 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރިއާލާ ވާންޖެހޭ ތައްޔާރީތައްވުމަށް މަދުވެގެން 15 މިލިއަން ރުފިޔާ ބޭނުންވާކަމާއި މީގެ ތެރޭގައި ބިޑުކޮށްގެން ހޯދަންޖެހޭ ބައެއް ތަކެތި ހޯދުމާއި ހާޑްވެއަރ އަދި ލައިސެންސިން ފީ ހިމެނޭކަން؛
  • 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް ކޮމިޝަނަށް އެއްވެސް އެނގުމެއް ނެތި، ޢިމާރާތުގެ މަރާމާތާއި، ސަރވަރ ސެކިއުރިޓީއަށް ބަޖެޓުކުރެވިފައި ހުރިގާތްގަނޑަކަށް 9 ލައްކައެއްހައި ރުފިޔާ އުނިކުރެވިފައިވާކަން؛ އަދި
  • ދައުލަތުގެ ޕޭ ޕްރޭމްވަރކްގެ ދަށުން ކޮމިޝަނުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްވެގެން އަންނައިރު މުސާރައަށް އަންނާނެ ފަރަޤާއި، މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިނުވާކަން؛


އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން:

  1. ކޮމިޝަނުގެ ރައީސް، އަލްފާޟިލް މުޙައްމަދު ޝަކީލް
  2. ކޮމިޝަނުގެ ނައިބު ރައީސް، އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  3. ކޮމިޝަނުގެ މެންބަރު، އަލްފާޟިލް ޙަސަން ޒަކަރިއްޔާ
  4. ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލް ޢަބްދުﷲ އުނައިސް
  5. ޑިރެކްޓަރ، އަލްފާޟިލާ ޢާއިޝަތު ޝައްފާފް




ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިނުގަންނަވާ

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ރަސްމީ

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ރަސްމީ

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ސަލާމް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ރަސްމީ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    15
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    02
  • ޗުއްޓީ
    00
  • ރަސްމީ
    04
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA