ބަޖެޓު ދިރާސާކުރާ ކޮމިޓީ

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ 2026 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

17 ނޮވެމްބަރު 2026 12:35 ނަންބަރު M20/M/BGT/2026/08

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅިގެން، މިނިވަން މުއައްސަސާތަކުން ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ފާހަގަކުރެއްވި ކަންކަން:

  • ހުރިހާ އެޖެންސީތަކުން ވެސް އިތުރަށް މުވައްޒަފުން ނެގުމަށް ރިކުއެސްޓް އައިސްފައި އޮންނަކަމާއި، ނަމަވެސް އަންނަ އަހަރުގެ ޓާގެޓަކީ އިތުރަށް މުވައްޒަފުން ނުނެގުމާއި ރިޕްލޭސްމަންޓުވެސް ކޮންމެހެން ބޭނުންވޭތޯ ބެލުމަށްފަހު މަޤާމުތަކަށް މީހުންނެގުންކަން؛
  • މީހުން އިތުރަށް މަޤާމުތަކަށް ނެގުމުގެ ބަދަލުގައި ޕްރޮސަސް އޮޓޮމޭޓްކޮށްގެން އެފިޝަންޓްލީ މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭކަން؛
  • މިއަހަރު ނިމޭއިރު ހުރިހާ މުއައްސަސާތަކެއް ޕޭ ހާމަނައިޒްތެރެއަށް ވަންނާނެކަމާއި ބަޖެޓު އެކުލަވާލުމުގައި އެއަށް ބަލާފައިވާނެކަން؛
  • ކޮންޓިންޖެންސީ ބަޖެޓުގައި 1 ބިލިއަން ރުފިޔާވަރު ހިމެނިފައިވާނެކަމާއި ހުރިހާ މުއައްސަސާއެއްވެސް މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް އިތުރަށް ބަޖެޓު ކޮންމެހެން ބޭނުންވާނަމަ އެކަންކަންވެސް މިހާރު ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ދެއްވާކަން؛ އަދި 
  • މިހާރު ހުށަހަޅުއްވާފައިވާގޮތަށް ބަޖެޓު ފާސްކުރުމަށް އެދޭކަމާއި މުއައްސަސާތަކުން ކޮންމެހެން ބޭނުންވާ ކަންތައްތަކަށް އެޑްރެސްކުރެވިގެން ދާނެކަން.


މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން:

  1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަލްފާޟިލް ޙަސަން ޒަރީރު
  2. ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަލްފާޟިލް އަޙްމަދު ސާއިދު މުސްޠަފާ
  3. ޑިރެކްޓަރ، ބަޖެޓް އެގްޒެކިއުޝަން، އަލްފާޟިލް ޢާދަމް ބަދުރުﷲ
  4. ސީނއަރ އިކޮނޮމިސްޓް، އަލްފާޟިލް އަޙްމަދު ސަމާޙް
  5. މެކްރޯއިކޮނޮމިކް ޕޮލިސީ ކޮންސަލްޓަންޓް، އަލްފާޟިލް މުޙައްމަދު ޢައްފާން


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ސަލާމް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިނުގަންނަވާ

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ސަލާމް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    17
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    03
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA