ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

23 ސެޕްޓެމްބަރު 2021

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ރައްޔިތުންގެ ފައިސާގެ ތެރޭގައި ހިމެނޭ ކައުންސިލުގެ އާމްދަނީ ފަންޑުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަނެތި ޚަރަދުކޮށްފައިވާ މައްސަލަ

ޚުލާސާ

ޤާނޫނު ނަންބަރު 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޙާއްޞަ ޤާނޫނު 2020) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ޚަރަދުކުރަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުއްދައާއެކު ކަމަށް އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް،މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ރައްޔިތުންގެ ފައިސާގެ ތެރޭގައި ހިމެނޭ ކައުންސިލުގެ އާމްދަނީ ފަންޑް J-LCLއިން 1,192,358.97 (އެއްމިލިޔަން އެއްލައްކަ ނުވަދިހަ ދެހާސް ތިންސަތޭކަ ފަންސާސް އަށް ރުފިޔާ ނުވަދިހ ހަތް ލާރި) ޚަރަދުކޮށްފައިވާތީ، އެކަން ހިނގާފައިވާ ގޮތުގެ މަޢުލޫމާތާއި، ޚަރަދުކުރެއްވުމުގައި ނަންގަވަންޖެހޭ ހުއްދަތަކާއި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން އެނގޭ ލިޔުން ޙިއްސާކޮށްދެއްވުމަށް އެދި އޮތޯރިޓީން ކައުންސިލަށް ފޮނުއްވާފައިވާ ސިޓީ 221-LMI/228/2021/11 (26 އޮގަސްޓް 2021) ގެ ޖަވާބު ލިބިފައިނުވާތީ، 23 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ ކުރިން ފޮނުއްވުމަށް އެދި އޮތޯރިޓީން ކައުންސިލަށް ފޮނުއްވާފައިވާ 221-LMI/228/2021/12 (22 ސެޕްޓެންބަރު 2021) ސިޓީ.

މިހާރު އޮތް ހިސާބް

22 އޯގަސްޓު 2024 - ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA