ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ - މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މ.ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު، ރިޕަބްލިކް އޮފް އިންޑޮނޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛ - ހ.އަތިރީގެ، އަލްފާޟިލް އަމީން ޖާވިދު ފައިޞަލް، އިސްލާމިކް ރިޕަބްލިކް އޮފް މޮރިޓޭނިއާ، އަދި ރިޕަބްލިކް އޮފް ކެންޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛ - ހ.މީނާޒް، ޑޮކްޓަރ ހާލާ ޙަމީދު، ރިޕަބްލިކް އޮފް ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛ - ގުލްޒާރުގެ، ގދ.ތިނަދޫ، އަލްފާޟިލާ އާމިނަތު ޢަބްދުﷲދީދީ، ޗެކް ރިޕަބްލިކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް.
6 ޖުލައި 2026 - ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA