ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ

20 ވަނަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ކޮމިޓީއަށް އީމެއިލް ފޮނުއްވުމަށް
ތަފާސްހިސާބު

11

މެންބަރުން

117

ކޮމިޓީ މަސައްކަތް

87

ކޮމިޓީ ބައްދަލުވުން

ތަޢާރުފު

މި ކޮމިޓީ އުފައްދާފައިވަނީ 3 ޖޫން 2024 ގައި ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ ޚާރިޖީ ގުޅުންތަކުގެ ކަންކަން ދިރާސާކުރުމާއި ޚާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، އަދި ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި، ޚާރިޖީ ދާއިރާއާގުޅޭ މަސައްކަތް ރާވައި ހިންގާ ކޮންމެ އިދާރާއަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ (ށ) އިން ފެށިގެން (މ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކުރުމެވެ. މިގޮތުން، އެ އިދާރާތަކުން ހުށަހަޅާ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެކަންކަމުގައި ކުރިއަށް ދެވިދާނެގޮތުގެ ލަފާދިނުމާއި، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމެވެ. މީގެ އިތުރުން، ސަރުކާރާއި ބޭރު ޤައުމުތަކުގެ ސަރުކާރުތަކާ އޮންނަ ގުޅުން ދިރާސާކުރުމާއި، ދިވެހިރާއްޖެ މެންބަރަކަށްވެފައިވާ ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކާއެކު ދިވެހިރާއްޖެއިން ގެންގުޅޭ ގުޅުން ދިރާސާކުރުންވެސް ހިމެނެއެވެ. އަދި ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތައް ދިރާސާކުރުމާއި، ބޭރުޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރުހުންދިނުމާގުޅޭ މައްސަލަތައް ދިރާސާކުރުމާއި، މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުންވެސް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން

ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުން

ކުރިއަށް އޮތް ބައްދަލުވުންތައް

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2026 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން.

27 އޮކްޓޯބަރު 2026, 10:30 · Committee Room 13

ކޮމިޓީގެ ބައްދަލުވުންތައް

ޚާރިޖީ ގުޅުންތަކުގެ ކޮމިޓިގެ 2026 ވަނަ އަހަރުގެ 30 ވަނަ ބައްދަލުވުން.

26 އޮކްޓޯބަރު 2026

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2026 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން.

21 އޮކްޓޯބަރު 2026

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2026 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން.

20 އޮކްޓޯބަރު 2026

ޚާރިޖީ ގުޅުންތަކުގެ ކޮމިޓިގެ 2026 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން.

13 އޮކްޓޯބަރު 2026

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2026 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން.

12 އޮކްޓޯބަރު 2026

އިތުރު ބައްދަލުވުންތައް

ކޮމިޓީގެ މަސައްކަތްތައް

20 އޮކްޓޯބަރު 2026

ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު

ކުރިޔަށް ދަނީ

13 އޮކްޓޯބަރު 2026

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް" މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލައިގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

11 އޮކްޓޯބަރު 2026

މައްކަތުލް މުކައްރަމާ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

7 އޮކްޓޯބަރު 2026

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް" ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

5 އޮކްޓޯބަރު 2026

މައްކަތުލް މުކައްރަމާ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވެ އެ މުޢާހަދާއަށް ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

އިތުރު މަސައްކަތްތައް

ކޮމިޓީގެ ޓައިމްލައިން

3 ޖޫން 2024 - 12 އޯގަސްޓު 2024
ޢަބްދުﷲ ޝަޛީމް - ހުޅުމާލެ މެދު ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
ޙަސަން ޒަރީރު - މަތިވެރި ދާއިރާ ⎯ ކޮމިޓީގެ މުޤައްރިރުކަން
3 ޖޫން 2024  
މުޙައްމަދު ދާއޫދު - ކުޅުދުއްފުށި އުތުރު ދާއިރާ ⎯ ކޮމިޓީގެ ނައިބު މުޤައްރިރުކަން
3 ޖޫން 2024  
އިބްރާހީމް ޙުސައިން - ފުވައްމުލަކު ދެކުނު ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
މުޙައްމަދު ޢަފޫ ޙާމިދު - ކެނދިކުޅުދޫ ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
މުޙައްމަދު ޢަބްދުއްރަޙްމާން - ހިންނަވަރު ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
ހަނާން މުޙައްމަދު ރަޝީދު - ގުރައިދޫ ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
ޢާޒިމް ޢަބްދުލްޢަޒީޒް - ވިލިނގިލި ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
އިބްރާހީމް މުޙައްމަދު - މައްޗަންގޮޅި އުތުރު ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
އަޙްމަދުދީދީ - މަރަދޫ ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
3 ޖޫން 2024  
ޙުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން
12 އޯގަސްޓު 2024  
ޢަބްދުﷲ ރިފާޢު - މާފަންނު ދެކުނު ދާއިރާ ⎯ ކޮމިޓީގެ މެންބަރުކަން

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA