2025 ވަނަ އަހަރުގެ ތިންވަނަ ދައުރު

2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާ

އަންގާރަ 25 ނޮވެމްބަރު 2025

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/24/3/2025

ޖަލްސާގެ ޚުލާސާ

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދަވައި، 2026 ވަނަ އަހަރަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ -/64،202،565،720 (ފަސްދޮޅަސް ހަތަރުބިލިއަން ދުއިސައްތަ ދެމިލިއަން ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ހަތްސަތޭކަވިހި) ރުފިޔާގެ ދައުލަތުގެ ބަޖެޓު، އެ ބަޖެޓުގެ ޖުމްލަ ޢަދަދު އިތުރުނުވާނޭހެން ބަޖެޓު ދިރާސާކުރާ ކޮމިޓީން ގެނެސްފައިވާ އިޞްލާޙުތަކާއި، އެ އިޞްލާޙުތައް ހިމެނޭހެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ހުށަހަޅުއްވާފައިވާ "2026 ވަނަ އަހަރަށް ފާސްކުރާ ބަޖެޓު" ގައިވާ ބަޖެޓު ބައިކުރެވޭ ގޮތް ނުވަތަ އެޕްރޮޕްރިއޭޝަން ސްޓްރަކްޗަރއާ އެއްގޮތަށް، އަދި އެ ބަޖެޓަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފައިވާ ރެކޮމެންޑޭޝަނާއެކު، މަޖިލީހުން ފާސްކުރެއްވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ފާސްކުރެއްވުން.

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA