2025 ވަނަ އަހަރުގެ ތިންވަނަ ދައުރު
2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާ
ބުރާސްފަތި 27 ނޮވެމްބަރު 2025
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/26/3/2025
ސަރުކާރުގެ ފަރާތުން، ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 30/2024 (ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ބަލައިގަތުން.
ސަރުކާރުގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2009 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ބަލައިގަތުން.
ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ބަލައިގަތުން.
ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ބަލައިގަތުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، 7 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، މަޖިލީހުން ގެންނެވި އިޞްލާޙާއެކު ބިލު ފާސްކުރެއްވުން.
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، 7 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ބިލު މަޖިލީހުން ފާސްކުރެއްވުން.
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA