2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު
2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ
ހޯމަ 27 އޭޕްރީލު 2026
10:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/12/1/2026
ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް އިތުރު އިޞްލާޙުތަކެއް ގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، 26 އެޕްރީލް 2026 ގައި އެ ބިލު އަނބުރާ ގެންދަވާފައިވާތީ އެކަން އިޢުލާންކުރެއްވުން.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޕަބްލިކް ސަރވިސް މީޑިއާއާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، ދިވެހި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނުދީ، ޤާނޫނުގައި ބަޔާންކުރާ އެޑިޓޯރަލް މިނިވަންކަން ކަށަވަރުކޮށް ނުދިން މައްސަލައާ ގުޅިގެން، މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.
ބަލައިގަތުމަށް ފާހެއްނުވި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA