2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު
2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ
ބުދަ 29 އޭޕްރީލު 2026
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/14/1/2026
ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަަވައި ބިލު މަޖިލީހުން ބަލައިގަތުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޕަބްލިކް ސަރވިސް މީޑިއާއާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، ދިވެހި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނުދީ، ޤާނޫނުގައި ބަޔާންކުރާ އެޑިޓޯރަލް މިނިވަންކަން ކަށަވަރުކޮށް ނުދިން މައްސަލައާ ގުޅިގެން، މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދެވުން.
ކެމްބޯޑިއާއަށް އަދި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރާއި، ހެލެނިކް ރިޕަބްލިކްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަށް މަޖިލީހުން ރުހުން ދިނުމަށް ފާސްކުރެއްވުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، އެ މާއްދާގެ (ރ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަތައް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަށް މަޖިލީހުން ރުހުން ދިނުމަށް ފާސްކުރެއްވުން.
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA