2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު

2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާ

ހޯމަ 11 މޭ 2026

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/17/1/2026

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙް ހުށަހަޅުއްވާފައިވާ، ސައިބަރ ސެކިއުރިޓީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދަވައި، ޤަރާރު މަޖިލީހުން ބަލައިގަތުން.

ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4-3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އެ ޤާނޫނުގެ ޖަދުވަލު 1 އަށް އިޞްލާޙު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، އެ ޤާނޫނުގެ ޖަދުވަލު 1 (މަނާކުރެވިފައިވާ މަސްތުވާތަކެތި) ގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް (methylphenidate) އެ ޖަދުވަލުން އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ފާސްކުރެއްވުން.


ޖަލްސާ ބެއްލެވުމަށް

ފޮޓޯ ގެލަރީ

2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާ

11 މޭ 2026

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA