2026 ވަނަ އަހަރުގެ ދެވަނަ ދައުރު

2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ

ހޯމަ 15 ޖޫން 2026

10:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/2/2/2026

ޖަލްސާގެ ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ބައެއް ވުޒާރާތަކުގެ ނަންތަކާއި މަސައްކަތްތަކަށް ބަދަލު ގެންނަވައި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް އަލުން އެކުލަވާލައްވާފައިވާތީ، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ، ހމ. ފްލެޓްނަންބަރު ސީ1-3-ބީ، އަލްފާޟިލް ޙަސަން ޒަރީރަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ދަށުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންނާއި ސިފައިންގެ ޚިދުމަތުން ރިޓަޔަރކޮށްފައިވާ ފަރާތްތަކަށް ދޭ ރިޓަޔަރމަންޓް ޢިނާޔަތް، ދައުލަތުގެ އެހެން ވަޒީފާއަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް ދިއުމުން މެދުކަނޑާލާތީ، އެކަމުގެ ސަބަބުން އެފަރާތްތަކަށް ލިބެމުންދާ މާލީ އަދި އިޖްތިމާޢީ ގެއްލުންތަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށްޓަކައި ހުށަހަޅާ މައްސަލަ އަނބުރާ ގެންދެވުން.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ކައުންސިލަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެންނާން ޖެހިއްޖެކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، އަލިފުށި ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު ހުށަހަޅުއްވާފައިވާ، ޑިޖިޓަލް އައިޑެންޓިޓީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙް ހުށަހަޅުއްވާފައިވާ، ސައިބަރ ސެކިއުރިޓީގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ބަލައިގަތުން.

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުން.

އެކުވެރި ޢަރަބި ޢިމާރާތަށް އަދި ސްޓޭޓް އޮފް ޤަޠަރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ބަހުސްކުރިއަށް ގެންދެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެ ނަންފުޅަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރެއްވުން.



ޖަލްސާގައި ކުރެވުނު މަސައްކަތްތައް

އެހެނިހެން
ދިވެހި ފުލުހުންނާއި ސިފައިންގެ ޚިދުމަތުން ރިޓަޔަރކޮށްފައިވާ ފަރާތްތަކަށް ދޭ ރިޓަޔަރމަންޓް ޢިނާޔަތް، ދައުލަތުގެ އެހެން ވަޒީފާއަކަށް ދިއުމުން މެދުކަނޑާލާތީ ހުށަހަޅާ މައްސަލަ

އަނބުރާ ގެންދިޔުން

ޤަރާރު
ކައުންސިލަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެންނާން ޖެހިއްޖެކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު

ބަލައިގަތުމަށް ފާހެއްނުވި

ބިލު
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު

ކޮމިޓީ މަރުޙަލާ

ބިލު
ޑިޖިޓަލް އައިޑެންޓިޓީގެ ބިލު

ކޮމިޓީ މަރުޙަލާ

ރުހުން ހޯދުން
ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ (20/2026/މ-15)

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ބައެއް ވުޒާރާތަކުގެ ނަންތަކާއި މަސައްކަތްތަކަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ރުހުން ހޯދުން
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ (20/2026/މ-18)

މަޖިލީހުގެ މަސައްކަތް ނިމިފައި

ރުހުން ހޯދުން
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ، އަލްފާޟިލް ޙަސަން ޒަރީރަށް ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ފޮޓޯ ގެލަރީ

2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ

15 ޖޫން 2026

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA