2026 ވަނަ އަހަރުގެ ދެވަނަ ދައުރު
2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާ
ބުދަ 15 ޖުލައި 2026
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/15/2/2026
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި، ސިޔާސީގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދެވުން.
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ބަހުސްކުރިއަށް ގެންދެވުމަށްފަހު، އެ މަޤާމަށް، ގދ.ގައްދޫ/ ކޯޒީރައުންޑް، އަލްފާޟިލާ ފާޠިމަތު އަމީޒާ ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން.
މަޖިލީހުގެ މަސައްކަތް ނިމިފައި
ބަލައިގަތުމަށް ފާހެއްނުވި
2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާ
15 ޖުލައި 2026
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA