2026 ވަނަ އަހަރުގެ ދެވަނަ ދައުރު

2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާ

ހޯމަ 17 އޯގަސްޓު 2026

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/25/2/2026

ޖަލްސާގެ ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ބަލައިގަތުން.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ، "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ގެ ނަމުގައި ބިދޭސީންނަށް ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމުގެ ސިޔާސަތު ވަގުތުން މެދުކަނޑާލައި، އެ ޕްރޮގްރާމާގުޅޭ އެންމެހައި އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދެވުން.

ޤާނޫނު ނަންބަރު 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި މަޖިލީހުން ފާސްކުރެއްވުން.

ޤާނޫނު ނަންބަރު 8/2021 (ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި މަޖިލީހުން ފާސްކުރެއްވުން.

ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން، ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ފާސްކުރެއްވުން.

ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA