2026 ވަނަ އަހަރުގެ ތިންވަނަ ދައުރު
2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާ
ހޯމަ 19 އޮކްޓޯބަރު 2026
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/6/3/2026
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ދެ ސުވާލުގެ ޖަވާބު އިއްވެވުން.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ އިޞްލާޙުކުރުމަށް، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 13-257 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރުމަށް ޕެޓިޝަން ކޮމިޓީން ފޮނުވާފައިވާ "ކޮލިފައިންގ ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ ގަވާއިދަށް ގެނެވުނު 2 ވަނަ އިޞްލާޙު، އެ އިޞްލާޙުގެ ކުރިން ކޯހުގައި ބައިވެރިވެފައިވާ ދަރިވަރުން އިސްތިސްނާވާފަދަ ޙައްލެއް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ހޯއްދަވައިދެއްވުމަށް އެދި ހުށަހަޅާ ޕެޓިޝަން" އަށް ބަހުސްކުރެއްވުން.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 13-257 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރުމަށް ޕެޓިޝަން ކޮމިޓީން ފޮނުވާފައިވާ “ޢާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާ ޕެޓިޝަން" އަށް ބަހުސްކުރެއްވުން.
ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްޞީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ސ.ހުޅުދޫ/ ބަގީޗާގެ، އަލްފާޟިލް އަޙްމަދު ޝަފްނީޒް ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް" ގައި ދިވެހިރާއްޖެއިން ބައިވެރިވެ،އެ ޕްރޮޓޮކޯލްގެ ޑިޕޮސިޓަރީއަށް އިންސްޓްރުމަންޓް އޮފް އެކްސެޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، އެ ޕްރޮޓޮކޯލްގެ ޑިޕޮސިޓަރީއަށް އިންސްޓްރުމަންޓް އޮފް އެކްސެޝަން ހުށަހެޅުމަށް މަޖިލީހުން ފާސްކުރެއްވުން.
ކޮމިޓީ މަރުޙަލާ
ބަލައިގަތުމަށް ފާހެއްނުވި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
ކޮމެޓީ މަރުހަލައިގައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA