2026 ވަނަ އަހަރުގެ ތިންވަނަ ދައުރު

2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާ

ބުދަ 28 އޮކްޓޯބަރު 2026

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/11/3/2026

ޖަލްސާގެ ޚުލާސާ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މަޤާމުން ވަކިކުރި މައްސަލައާ ގުޅިގެން، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، މާލޭ ސިޓީ ކައުންސިލްގެ ސާދަ ބިމެއް ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމެވި ނިންމެވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދެވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތަކާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދެވޭ ކާރުކޮޅުތަކުގެ ޢިނާޔަތްތަކާއި، އަދި ރަށު ކައުންސިލަރުންނަށް ލިބިދެވޭ ޢިނާޔަތްތައް މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރެއްވުމަށްފަހު، ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން އުއްތަމަފަނޑިޔާރަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރެއްވުމަށްފަހު، ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން.





ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޤަރާރު
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މަޤާމުން ވަކިކުރި މައްސަލައާ ގުޅިގެން، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު

ފުރަތަމަ ކިޔުން

ޤަރާރު
މާލޭ ސިޓީ ކައުންސިލްގެ ސާދަ ބިމެއް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމެވި ނިންމެވުމާމެދު، މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު

ފުރަތަމަ ކިޔުން

އެހެނިހެން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރުމުގެ މައްސަލައިގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން އުއްތަމަފަނޑިޔާރަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރުމުގެ މައްސަލައިގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA