ޖަލްސާގެ ނަން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/1/2024

ދައުރު

2024ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

އަންގާރަ 28 މޭ 2024 10:15

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ނަގާ ސިއްރު ވޯޓު ގުނުމަށް 5 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮއްވެވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުން. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޡިމް އިންތިޚާބުކުރެއްވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މަޖިލީހުން އެކުލަވާލަންޖެހޭ މަޖިލީހުގެ ހިންގުމުގެ ގަވާއިދާގުޅޭ މައްސަލައަށް ހުށަހެޅުނު އިޞްލާޙު މަޖިލީހުން ފާސްކުރެއްވުން.

ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރުންގެ ޢަދަދަކީ 13 ކަމަށާއި، އެ ކޮމިޓީ ފިޔަވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުންގެ ޢަދަދަކީ 11 ކަމުގައި ހަމަޖެއްސުމަށާއި، 2 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ހަމަޖެއްސުމަށް ބޭނުންވާ މެންބަރުންގެ ނަންތައް މަޖިލީހުގެ ސެކްރެޓޭރިއެޓްއަށް ފޮނުވުމާމެދު ހުށަހެޅުނު އިޞްލާޙު މަޖިލީހުން ފާސްކުރެއްވުން.




ޖަލްސާ ބެއްލެވުމަށް

ފޮޓޯ ގެލަރީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ

28 މޭ 2024

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA