2024 ވަނަ އަހަރުގެ ދެވަނަ ދައުރު
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ޖަލްސާ
ހޯމަ 10 ޖޫން 2024
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/4/2024
ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވާފައިވާ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބިލު މަޖިލީހުން ބަލައިގަތުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 3 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 3 ނަންފުޅަށް މަޖިލީހުން ރުހުން ދިނުމަށް ފާސްކުރެއްވުން.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ޖަލްސާ
10 ޖޫން 2024
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA