2024 ވަނަ އަހަރުގެ ދެވަނަ ދައުރު
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 8 ވަނަ ޖަލްސާ
އާދިއްތަ 30 ޖޫން 2024
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/8/2024
ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން.
ރިޕަބްލިކް އޮފް ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށާއި، އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 2 ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.
"ޕާޓްނަރޝިޕް އެގްރީމެންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެންބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެންބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް" ނުވަތަ "ސަމޯއާ އެގްރީމެންޓް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 8 ވަނަ ޖަލްސާ
30 ޖޫން 2024
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA