ޖަލްސާގެ ނަން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 28 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/28/2024

ދައުރު

2024ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

ބުދަ 14 އޯގަސްޓު 2024 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުﷲ ރާފިޢުއާ ސުވާލުކުރެއްވުން.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން. 

ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހަޅުއްވާފައިވާ، އަރބަން ޑިވެލޮޕްމަންޓްގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ، ފޮރިން އިންވެސްޓްމަންޓްގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވައި، ބަހުސް ކުރިއަށްގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން.

ސަރުކާރުގެ ފަރާތުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވައި، ބަހުސް ކުރިއަށްގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން.

ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވައި، ބަހުސް ކުރިއަށްގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން.



ފޮޓޯ ގެލަރީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 28 ވަނަ ޖަލްސާ

14 އޯގަސްޓު 2024

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA