ޖަލްސާގެ ނަން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 46 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/46/2024

ދައުރު

2024ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

އަންގާރަ 5 ނޮވެމްބަރު 2024 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން.

ސަރުކާރުގެ ފަރާތުން، ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ބަލައިގަތުން.

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ބަލައިގަތުން.

ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުން.

އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރެއްވުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހުޅުމާލެ.ހިޔާ 11-23-05، އަލްފާޟިލް ޢަބްދުލްޙަސީބު އިސްމާޢީލްގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA