ޖަލްސާގެ ނަން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/48/2024

ދައުރު

2024ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

އަންގާރަ 12 ނޮވެމްބަރު 2024 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސްއާއި މެންބަރަކު، އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްއާއި 2 މެންބަރުން، އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްކުރިއަށް ގެންދެވުން.

ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ފާސްކުރެއްވުން.

ފޮޓޯ ގެލަރީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާ

12 ނޮވެމްބަރު 2024

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA